Ads by Stelco

ޚަބަރު

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ހުޅުމާލެއިން 18 އަހަރުގެ ޒުވާނަކު ހައްޔަރުކޮށްފި

މި މައްސަލައިގައި ހައްޔަރުކުރި މީހާ/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

23 ނޮވެމްބަރު 2025، 12:16

23 ނޮވެމްބަރު 2025، 12:16

މަސްތުވާތަކެއްޗާއެކު ހުޅުމާލެ ފޭސް 1 އިން 18 އަހަރުގެ ޒުވާނަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފި އެވެ.

މި މައްސަލަ އާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ނ. މަނަދޫ / ރޯޝަނީގެ، ޙަސަން ނާޙިލް (18އ) އެވެ. ފުލުހުން ވިދާޅުވީ، އޭނާ ހައްޔަރުކޮށްފައި ވަނީ މިމަހުގެ 22 ވަނަ ދުވަހު ހުޅުމާލެތެރެ ޕެޓްރޯލްކުރުމުގައި ޙަރަކާތްތެރިވަމުން ދިޔަ ފުލުހުން ފެނުމުން އޭނާގެ އަތުގައި އެއްޗެއް ފޮރުވަން މަސައްކަތްކުރާކަމަށް ފުލުހުންނަށް ފާހަގަކުރެވިގެން ކަމަށެވެ. އެގޮތުން، އޭނާގެ ޢަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން މަޑުކުރަން އެންގުމުން މަޑުނުކޮށް ދަނިކޮށް ނިރޮޅު މަގު ބަސް ސްޓޮޕެއް ކައިރިން އޭނާ ހުއްޓުވާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، ބަސްޓޮޕް ކައިރިން ޙަސަން ނާޙިލް ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ފިލްމު ހުސްކުރި ދަޅެއް ފެނިފައިވާ ކަމަށެވެ. މިތަކެތީގެ ބަރުދަނަކީ 31.23 ގްރާމެވެ. މީގެ އިތުރުން، މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 30 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން