ވާހަކަ / ޚަބަރު
ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދޮންބަންޑާރައިންގެ ހަނދާންތައް ވަނީ ދިރިދިރި: ރައީސުލްޖުމްހޫރިއްޔާ
ހުރަވީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޕޯސްޓުގައި ބޭނުންކުރައްވާފައިވާ ގްރެފިކްސް---
ފަރުދުން
23 ނޮވެމްބަރު 2025، 10:01
23 ނޮވެމްބަރު 2025، 10:01
ހޮޅީންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރި ދޮންބަންޑާރައިންގެ ހަނދާންތައް މި ޤައުމުގައި އަދިވެސް ވަނީ ދިރިދިރި ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ހުރަވީ ދުވަހާ ގުޅިގެން މީސްމީޑިއާގައި އެ މަނިކުފާނު މިއަދު ޚިއްޞާ ކުރެއްވި މެސެޖެއްގައި ވިދާޅުވީ، ދޮންބަންޑާރައިންގެ ހިތުގައި މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތަކަށް ބަދަލެއް ނާންނަކަމަށެވެ.
މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ލާއިންސާނީ އެތައް އަނިޔާއެއް ދިވެހީންނަށް ދީ، އަޅުވެތިކަމުގެ ނާމާން ދުވަސްތަކެއް މި ޤައުމަށް ގެނައި ހޮޅީންގެ ނުރައްކަލުން ރާއްޖެ މިންޖުކޮށްދެއްވި ހިތްވަރު ގަދަ ޤައުމީ ޖިހާދަށް މިއަދަށް 281 އަހަރުވީ.… pic.twitter.com/Fsmwo1z0pq
— Dr Mohamed Muizzu (@MMuizzu) November 23, 2025
ރައީސް ވިދާޅުވީ، މާލޭގެ އެތައް ތަނެއްގައި ހުޅުޖަހާ، އޭރު ހުންނެވި ރަދުން ރަހީނުކޮށް، ހޮޅިން ރާއްޖެއަށް ގެނައީ ބިރުވެރި ދުވަސްތަކެއް ކަމަށެވެ. ނަމަވެސް އެ ބިރުވެރިކަމުން ރާއްޖެ މިންޖުކޮށްދިނުމަށް މެދުވެރިވީ ދޮންބަންޑާރައިން ކަމަށެވެ.
ދޮންބަންޑާރައިންގެ ޙިކްމަތާއި، ހުޝިޔާރުކަމާއި، މި ވަޠަންގެ މައްޗަށް އޮތް ކުލުނު ހާމަވި މި ތާރީޚީ ޙާދިސާއަށް 3 ގަރުނު ވާން ކައިރިވީ އިރުވެސް، އެ ހަނދާންތައް ޝުކުރުވެރިކަމާއެކު މި ފަސްގަނޑުގައި ވަނީ ދިރިދިރި.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސްގެ މެސެޖު ނިންމަވާލެއްވުމުގެ ކުރިން އެ މަނިކުފާނު ވަނީ ދިވެހިރާއްޖެ މިންވަންކަންމަތީ ލެހެއްޓުމަށް ދުޢާ ދަންނަވާފައެވެ.
ހުރަވީ ދުވަސް ރާއްޖޭގައި ފާހަގަކުރަނީ ހޮޅިންނާ ދެކޮޅަށް ދޮންބަންޑާރައިން ކުރެއްވި ޖިހާދުގައި ހޯއްދެވި ނަޞްރެވެ. ހޮޅިންގެ އަތްދަށުގައި، އެ ނާމާންކަމުގައި ގާތްގަނޑަކަށް 3 މަހެއް ހޭދަވިއެވެ. އެކަން ނިމުމަކަށް ގެނައީ 200 އެއްހާ ފަހުލަވާނުންގެ މައްޗަށް އެކުލެވޭ ލަޝްކަރެއް ތައްޔާރުކޮށް ހަނގުރާމައަށް ނުކުންނެވި ހޯދި ކާމިޔާބީއިންނެވެ. މިލަޝްކަރުގެ ކޮމާންޑަރަކީ މުލީގޭ ދޮން ހަސަން މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީނު ނުވަތަ އާއްމު ނަންފުޅުންނަމަ މުލީގޭ ދޮންބަންޑާރައިންނެވެ.