Ads by Stelco

ޚަބަރު

ދިވެހިރާއްޖޭގައި ގޫގުލްއިން އިންވެސްޓްކުރުމަށް ނިންމެވުމަކީ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތް ކަމުގެ ހެއްކެއް: ރައީސް

ދިވެހިރާއްޖޭގައި ގޫގުލްއިން އިންވެސްޓްކުރުމަށް ނިންމެވުމަކީ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތް ކަމުގެ ހެއްކެއް: ރައީސް

ރައީސް ޑރ މުޙައްމަދު މުޢިއްޒު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 ނޮވެމްބަރު 2025، 06:36

18 ނޮވެމްބަރު 2025، 06:36

ދިވެހިރާއްޖޭގައި ގޫގުލްއިން އިންވެސްޓް ކުރުމަށް ނިންމެވުމަކީ، އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އޮތް ކަމުގެ ހެއްކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ގޫގުލްއިން ރާއްޖޭގައި އިންވެސްޓްމެންޓެއް ކުރުމަށް ނިންމުމުން އެކަމާ ގުޅޭގޮތުން އެ މަނިކުފާނު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ބޮޑު މަޝްރޫޢަކީ ރާއްޖޭގެ އިޤްތިޞާދު ފުޅާކޮށް، ހުރިހާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލައި، ޑިޖިޓަލްކޮށް ބާރުވެރިކުރުމުގެ އެ މަނިކުފާނުގެ ވިސްނުންފުޅު ހަޤީޤަތަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ގޫގުލްގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ސިޔާސަތުތައް ހަރުދަނާކަމާއި، ޕްރައިވެޓް ސެކްޓަރަށް ފަސޭހަ، އަދި އިންވެސްޓަރުންނަށް އިތުބާރު ކުރެވޭ މާހައުލެއް ރާއްޖޭގައި އޮތްކަން ދައްކުވައިދޭ ކަމެއް ކަމަށެވެ. މީގެ ސަބަބުން ރާއްޖެއަކީ ބްރިމްސް (ބަންގްލަދޭޝް، ރާއްޖެ، އިންޑިއާ، މިޔަންމާ، ސްރީލަންކާ) ސަރަޙައްދުގެ ޑިޖިޓަލް ހަބަކަށް ވެގެންދާނެ ކަމަށާއި، މުޅި ސަރަޙައްދުގެ ކަނެކްޓިވިޓީ އާއި ހަލުވިކަން އިތުރުކުރާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫޢުގެ ސަބަބުން ދިވެހިރާއްޖެއަށް ޑިޖިޓަލް އިންފްރާސްޓްރަކްޗަރގެ ދުނިޔޭގައި އިސް ދައުރެއް އަދާކުރުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް ވެސް ރައީސް މުޢިއްޒު ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ މިހާރު ތައްޔާރަށް އޮތީ ދުނިޔޭގެ ޑިޖިޓަލް މުސްތަޤްބަލް ބައްޓަންކުރުމުގައި ހަރަކާތްތެރި، އަދި މުހިންމު ދައުރެއް އަދާކުރުމަށެވެ. ގޫގުލްގެ މި އިންވެސްޓްމަންޓަކީ ރާއްޖޭގެ ޑިޖިޓަލް ތަރައްޤީއަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ދެކެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން