ކުޅިވަރު

އިސްލާމިކް ސޮލެޑެރިޓީ ގޭމްސް: ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި ރަފާ ލޯ މެޑަލް ހޯދައިފި

އިސްލާމިކް ސޮލެޑެރިޓީ ގޭމްސް: ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި ރަފާ ލޯ މެޑަލް ހޯދައިފި

ޓީޓީގެ އަންހެން ޑަބަލްސް އިވެންޓުން ދީމާ އާއި ރަފާ ވަނީ ލޯ މެޑަލް ހޯދާފައި / ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 ނޮވެމްބަރު 2025، 07:11

13 ނޮވެމްބަރު 2025، 07:11

ސައުދީ ޢަރަބިއްޔާގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އާއި ފާތިމަތު ދީމާ ޢަލީގެ ޕެއާރއިން ލޯ މެޑަލް ހޯދައިފިއެވެ.

ރިޔާޟުގެ ބުލެވާރޑް އެސްއީއެފް އެރީނާގައި ރާއްޖޭގެ ޕެއާރ ސެމީފައިނަލްގައި ބައްދަލުކުރީ ތުރުކީއާއެވެ. އަދި ސެމީފައިނަލްގައި 3-1 ސެޓުން ރާއްޖެ ބަލިވިނަމަވެސް، ލޯ މެޑަލް ލިބުނީ، ސެމީގައި ދެން ބަލިވި ޔުގަންޑާއަށް ވުރެ ނަތީޖާ ރަނގަޅުވުމުންނެވެ.

ތުރުކީއާ ދެކޮޅަށް ކުޅުނު މެޗުގައި، އެ ޤައުމުގެ އެޖެ ހެރެޗް އާއި ޔިލްމާޒް އޮޒްގޭ ވަނީ ފުރަތަމަ ދެ ސެޓު ކާމިޔާބުކޮށްފައެވެ. އެއީ 11-7 އަދި 11-5 އިންނެވެ. ނަމަވެސް ތިންވަނަ ސެޓުގައި އިތުރަށް ކުޅުން ރަނގަޅުކޮށް 11-7އިން ރާއްޖެ ސެޓު ގެންދިޔައެވެ. އަދި ތުރުކީއިން ފައިނަލް ޔަޤީންކުރީ ހަތަރުވަނަ ސެޓު 11-6 ގޭމުން ކާމިޔާބުކޮށްގެންނެވެ.

ދެވަނަ ސެމީގައި 3-1 ސެޓުން ޔުގަންޑާ ބަލިކުރީ އިރާނުންނެވެ. އެ މެޗުގެ ފުރަތަމަ ސެޓު 11-9 ގޭމުން ޔުގަންޑާ ކާމިޔާބުކުރި ނަމަވެސް، ބާކީ ސެޓުތައް އިރާނުން ގެންދިޔައީ 11-3، 11-2 އަދި 11-8 އިންނެވެ.

ޑަބަލް އިވެންޓުގައި ވާދަކުރި ފިރިހެން ޓީމުން ކުއާޓާ ފައިނަލް ކުޅުނެވެ. ނަމަވެސް މުބާރާތް ބާއްވާ ސައުދީ ޢަރަބިއްޔާއާ ދެކޮޅަށް ކުޅުނު އެ މެޗު 3-0 ސެޓުން ކާމިޔާބުކުރީ ސައުދީއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން