ކުޅިވަރު

އިސްލާމިކް ސޮލިޑެރިޓީ ގޭމްސް: ޓީޓީގެ ޑަބަލްސް ކުއާޓާރގައި ސަޢުދީ މެޗުން ފިރިހެން ޓީމު ބަލިވެއްޖެ

އިސްލާމިކް ސޮލިޑެރިޓީ ގޭމްސް: ޓީޓީގެ ޑަބަލްސް ކުއާޓާރގައި ސަޢުދީ މެޗުން ފިރިހެން ޓީމު ބަލިވެއްޖެ

ޓީޓީގެ ޑަބަލްސް ކުއާޓާރގައި ސަޢުދީ އާއި ރާއްޖެ ބައްދަލުކުރި މެޗު / ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ނޮވެމްބަރު 2025، 08:17

12 ނޮވެމްބަރު 2025، 08:17

ސައުދީ އަރަބިއްޔާގެ ރިޔާޛުގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑެރިޓީ ގޭމްސްގެ ޓޭބަލް ޓެނިސް ފިރިހެނުންގެ ޑަބަލްސް އިވެންޓުގެ ކުއާޓާރފައިނަލުގައި، މުބާރާތް ބާއްވާ ސައުދީ ޢަރަބިއްޔާއާ ދެކޮޅަށް ކުޅުނު މެޗުން ރާއްޖޭގެ ޓީމު ބަލިވެ، މި ކެޓަގަރީއިން އަލްވަދާއު ކިޔަން ޖެހިއްޖެއެވެ.

މި މެޗުގައި ރާއްޖޭގެ މޫސާ މުންސިފް އަޙުމަދު  އާއި މުޙައްމަދު ޝައްފާން އިސްމާއިލްގެ ޕެއާރއިން ވާދަކުރީ ސަޢުދީގެ ޢަލީ އަލްޚަޑްރަވީ އާއި އަބްދުލްޢަޒީޒް ބޫ ޝުލޭބީއާއެވެ. މި މެޗު ސަޢުދީ ކާމިޔާބުކުރީ 3-0 ސެޓުންނެވެ.

މި މެޗުގައި ރާއްޖެއަށް އެންމެ ރަގަޅު ނަތީޖާއެއް ނެރެވުނީ ފުރަތަމަ ސެޓުގައެވެ. އެ ސެޓު ރާއްޖެއަށް ގެއްލުނީ 11-6 ގޭމުންނެވެ. އަދި ފަހު ދެ ސެޓު ސަޢުދީއިން ކާމިޔާބުކުރީ 11-3 އަދި 11-3 އިންނެވެ.

މި މުބާރާތުގެ ކުއާޓާއިން ރާއްޖޭގެ ޕެއާރ ޖާގަ ހޯދީ، ގަދަ-16ގައި އަޒަރުބައިޖާން 3-1 ސެޓުން ބަލިކުރުމަށްފަހުއެވެ. މިއަދު މެންދުރު ކުޅުނު އެ މެޗުގެ ފުރަތަމަ ސެޓު އަޒަރުބައިޖާނުން 11-9އިން ކާމިޔާބުކުރި ނަމަވެސް، ފަހު ތިން ސެޓު ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. އެއީ 11-8، 11-3 އަދި 12-10 އިންނެވެ.

އެ މެޗުގެ ހަތަރުވަނަ ސެޓު ވެގެންދިޔައީ ދެ ޓީމުން ވަރަށް ގަދަޔަސް މަސައްކަތްކުރި ސެޓަކަށެވެ. އަދި އެ ސެޓުގައި ދެ ޓީމުގެ ފަރާތުންވެސް މޮޅު ކުޅުމެއް ފެނިގެންދިއުމާއެކު، އެއްވެސް ޓީމަކަށް މާބޮޑު ލީޑެއް ނެގުމުގެ ފުރުސަތު ލިބިފައެއް ނުވެއެވެ. ނަމަވެސް ރާއްޖޭގެ ޕެއާރއިން ވަނީ ވިސްނުންތެރިކަމާއެކު އެ ސެޓާއެކު މެޗު ކާމިޔާބުކޮށްފައެވެ. 

ޓޭބަލް ޓެނިސްގައި އަންހެން ޑަބަލްސް އިވެންޓުން ރާއްޖޭގެ ދީމާ އާއި ރަފާ ވަނީ ސެމީފައިނަލަށް ދަތުރުކޮށްފައެވެ. އެ ޓީމު ސެމީގައި ބައްދަލުކުރާނީ ލުބުނާންއާއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން