ކުޅިވަރު

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް: 4 ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އައުކޮށްފި

އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް: 4 ގުނަ 100 މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު އައުކޮށްފި

4 ގުނަ މީޓަރުގެ ފްރީސްޓައިލް ރިލޭގެ ޤައުމީ ރެކޯޑު ހެދި ޓީމުގައި ހިމެނޭ ފެތުންތެރިން / ފޮޓޯ: ސްވިމިން އެސޯސިއޭޝަން

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

12 ނޮވެމްބަރު 2025، 07:03

12 ނޮވެމްބަރު 2025، 07:03

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި މިހާރު ކުރިޔަށްދާ އިސްލާމިކް ސޮލިޑޭރިޓީ ގޭމްސް 2025ގައި ފިރިހެނުންގެ ލޯންގް ކޯސް 4 ގުނަ 100 މީޓަރ ފްރީސްޓައިލް ރިލޭ އިވެންޓުގެ ޤައުމީ ރެކޯޑް އައުކޮށްފިއެވެ.

މި މުބާރާތުގެ ހަވަނަ އެޑިޝަންގައި ރާއްޖޭގެ ޤައުމީ ރެކޯޑު އައުކޮށްފައި މިވަނީ  04:25.25 އިން ރޭސް ނިންމައިގެންނެވެ.

މި އިވެންޓުގައި ރާއްޖެ ތަމްސީލުކޮށްފައިވާ ފެތުންތެރިންނަކީ، ލޫޠު މުޙައްމަދު ހުސެއިން އާއި އިމްޢާން ޢަލީ އާއި މުޙައްމަދު ރިޙާން ޝިހާމް އަދި މުޙައްމަދު އައިދިން ނިޔާޒުއެވެ.

މި އިވެންޓުގެ ޤައުމީ ރެކޯޑު އެންމެ ފަހުން އައުކުރި ޓީމުގައި ވެސް ރިޙާން ހިމެނެއެވެ. އެއީ 2023 ވަނަ އަހަރު ބޭއްވި 19 ވަނަ އޭޝިއަން ގޭމްސްގައެވެ. އެ ފަހަރުގެ ޓީމުގައި ރިޙާންގެ އިތުރުން ހިމެނުނީ މުބާލް ޢައްޒާމް އިބްރާޙީމް އާއި އިމްޢާން ޢަލީ އަދި އަޙްމަދު ނީޤް ނިޔާޒުއެވެ. އެ ފަހަރު ޤައުމީ ރެކޯޑު އައުކުރީ 04.25.69 އިން ރޭސް ނިންމައިގެންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން