Ads by Stelco

ޚަބަރު

ފުވައްމުލަކުގެ ފެނުގެ ސަޕްލައި އަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުން: ހީނާ

ފުވައްމުލަކުގެ ފެނުގެ ސަޕްލައި އަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތްކުރަމުން: ހީނާ

ހީނާ ވަލީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

11 ނޮވެމްބަރު 2025، 03:19

11 ނޮވެމްބަރު 2025، 03:19

ފުވައްމުލަކު ސިޓީގެ ފެނުގެ ސަޕްލައިއަށް ދިމާވި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ. 

މި މައްސަލަ ކުރިމަތިވުމާއެކު، ރައްޔިތުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ސިފައިން ވަނީ ފަށާފައި ކަމަށް ހީނާ ވިދާޅުވިއެވެ. އެގޮތުން ކަނޑާއި ވައިގެ މަގުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތް ދަނީ ކުރިއަށެވެ.

އެކްސް މެދުވެރިކޮށް ފުވައްމުލަކުގެ ފެނުގެ ސަޕްލައި ކެނޑި އެކަން ރަނގަޅުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ އަދާހަމަ ހާމަކުރައްވަމުން ހީނާ ވިދާޅުވީ، މިހާތަނަށް ވައިގެ މަގުން ގިނަ އަދަދެއްގެ ބޯފެން ފުވައްމުލައް ސިޓީއަށް ވަނީ ގެންދެވިފައި ކަމަށެވެ. އެގޮތުން 5 ލިޓަރުގެ 500 ކޭސް ފެނާއި، 1.5 ލިޓަރުގެ 1300 ކޭސް ފެނާއި، 500 މިލިލިޓަރުގެ 1000 ކޭސް ފެން ވަނީ ފޯރުކޮށްދެވިފައެވެ. މިހާތަނަށް 1200 ކޭސް ފެން ރައްޔިތުންނަށް ފޯރުކޮށްދެވިފައި ވާއިރު، އިތުރު ބޯފެން މިހާރު ވަނީ ފުވައްމުލަކު ސިޓީއަށް ގެންދިއުމުގެ މަގުމަތީގައެވެ.

ފުވައްމުލައް ސިޓީގެ ފެން ތަޣައްޔަރުވުމާ ގުޅިގެން، ފެނަކައިގެ ފަރާތުން އެމްއެފްޑީއޭއާއި އެޗްޕީއޭގެ އިރުޝާދާއެކު މުޅި ޕައިޕްލައިން ސާފުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މުޅި ޕައިޕްލައިން ކަނޑައެޅިފައިވާ ސްޓެންޑަޑާ އެއްގޮތްވާ ގޮތުގެ މަތިން ޑިސްއިންފެކްޓްކޮށް، ތާނގީތައް ސާފުކޮށް، ފްލަޝްކުރުމަށްފަހު، ފެން އުފެއްދުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. ހީނާ ވިދާޅުވީ، ކުރިއަށް އޮތް ހައެއްކަ ގަޑިއިރުގެ ތެރޭގައި ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްފަހު ފުވައްމުލައް ސިޓީއަށް ކުރިއެކޭ އެއްފަދައިން ފެންދޫކުރަން ފަށާނެ ކަމަށެވެ.

ފުވައްމުލައް ސިޓީއަށް މިވަގުތު ދިމާވެފައިވާ ފެނުގެ މައްސަލަ ވީހާވެސް އަވަހަށް ޙައްލުކުރުމަށް ކަމާބެހޭ މުއައްސަސާތައް ގުޅިގެން ދަނީ ބުރަ މަސައްކަތްތަކެއް ކުރަމުން ކަމަށް ރައީސް އޮފީހުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވިއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން