Ads by Stelco

ޚަބަރު

ޑިޖިޓަލް ބަދަލުތައް ގެނައުމަށް ބީއެމްއެލްއިން ކުރާ މަސައްކަތްތަކުގެ އަގު މާސްޓަރކާޑުން ވަޒަންކޮށްފި

ޑިޖިޓަލް ބަދަލުތައް ގެނައުމަށް ބީއެމްއެލްއިން ކުރާ މަސައްކަތްތަކުގެ އަގު މާސްޓަރކާޑުން ވަޒަންކޮށްފި

މާސްޓަރކާޑުން ބޭންކްއޮފް މޯލްޑިވްސްއަށް އެވޯޑެއް އެރުވުން ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

11 ނޮވެމްބަރު 2025، 02:50

11 ނޮވެމްބަރު 2025، 02:50

ރާއްޖޭގެ އިޤްތިޞާދު ކުރިއަރުވައި، ޑިޖިޓަލް އީޖާދީ ބަދަލުތައް ގެނައުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކެނޑިނޭޅި ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް، މާސްޓަރކާޑުން އެ ބޭންކަށް އެވޯޑެއް ދީފިއެވެ. ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕްގެ ދަށުން ބީއެމްއެލްއިން ކުރާ މަސައްކަތްތަކަށް މި އެވޯޑް ދީފައިވަނީ، ސިންގަޕޫރުގައި ބޭއްވި 'ޑިޖިޓަލް ފައިނޭންސް ލީޑަރޝިޕް' އިވެންޓެއްގައެވެ.

މި އެވޯޑް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފާ ހަވާލުކޮށްދެއްވީ، މާސްޓަރ ކާޑުގެ ސްރީލަންކާ އަދި ރާއްޖޭގެ ކަންޓްރީ މެނޭޖަރ، ސަންދުން ހަޕުގޮޑާއެވެ. ރާއްޖޭގައި ޑިޖިޓަލް ބަދަލުތައް ގެނައުމަށާއި، އީޖާދީ ކަންކަން ކުރިއެރުވުމަށް ބީއެމްއެލްއިން ވެފައިވާ ވައުދުތައް ފުއްދުމަށް ކުރާ މަސައްކަތްތަކުގެ ރަމްޒެއްގެ ގޮތުގައި މި އެވޯޑަކީ ވަރަށް މުހިންމު އެވޯޑެއް ކަމަށް ބޭންކުން ބުނެއެވެ.

މިއަހަރުގެ އޮގަސްޓް މަހު ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއާއި، މާސްޓަރ ކާޑު އަދި ބޭންކް އޮފް މޯލްޑިވްސްއާއެކު ސޮއިކުރި 'ޑިޖިޓަލް ކަންޓްރީ ޕާޓްނަރޝިޕް' އަކީ ރާއްޖޭގެ ޑިޖިޓަލް އިންފްރާސްޓްރަކްޗަރ ޒަމާނީ ކުރުމަށާއި، ރައްކާތެރި އަދި ހަލުވި ޑިޖިޓަލް ޚިދުމަތްތައް ފުޅާކުރުމަށް އަމިއްލަ ފަރުދުންނާއި، ވިޔަފާރިތަކާއި، މުޖުތަމަޢުތަކަށް އިތުރު ފުރުސަތުތައް ހޯދައިދިނުމަށް ބީއެމްއެލްއާއި މާސްޓަރ ކާޑު ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ.

ބީއެމްއެލްއިން 2002 ވަނަ އަހަރު މާސްޓަރ ކާޑު ޕްރިންސިޕަލް މެންބަރަކަށް ވުމަށްފަހު، ރާއްޖޭގެ ފައިސާ ދެއްކުމުގެ ނިޒާމަށާއި، މާލީ ދާއިރާއަށް ބޮޑެތި ބަދަލުތައް ގެނައުމަށް ދެ ފަރާތުން ވަނީ ގިނަ މަޝްރޫއުތަކެއް ހިންގައިފައެވެ. މިގޮތުން އީޖާދީ 'ސްމާޓް ސިޓީ' ހައްލުތަކުގެ ތެރެއިން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގައި ފައިސާ ދެއްކޭނެ ޚާއްސަ އިންތިޒާމެއް ހަމަޖެއްސުމަކީ، ބީއެމްއެލްއާއި މާސްޓަރ ކާޑު ގުޅިގެން ކުރި އެއް މަސައްކަތެވެ.

މާސްޓަރ ކާޑުގެ ފަރާތުން މި އެވޯޑް ލިބުމަކީ، ސްޓްރެޓީޖިކް ޕާޓްނަރޝިޕްތައް ބިނާކޮށް، ޓެކްނޮލޮޖީއާއި އެއްބާރުލުމުގެ ބޭނުން ކޮށްގެން އީޖާދީ ޑިޖިޓަލް ޙައްލުތައް ހޯދައި ރާއްޖޭގެ އިޤްތިޞާދާއި ޓެކްނޮލޮޖީ ކުރިއަރުވަން ބޭންކުން އަދާކުރާ އިސް ދައުރުގެ ހެއްކެއް ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން