ކުޅިވަރު

ޕްރެކްޓިހަށް ހާޒިރުނުވެ ފުޓްސަލް ކުޅެން ދިއުމުން އައިހަމް ޤައުމީ ފުޓުބޯޅަ ސްކޮޑުން ބާކީކޮށްފި

ޕްރެކްޓިހަށް ހާޒިރުނުވެ ފުޓްސަލް ކުޅެން ދިއުމުން އައިހަމް ޤައުމީ ފުޓުބޯޅަ ސްކޮޑުން ބާކީކޮށްފި

ޤައުމީ ޓީމުން ބާކީކުރި އަޙުމަދު އައިހަމް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

11 ނޮވެމްބަރު 2025، 07:04

11 ނޮވެމްބަރު 2025، 07:04

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ނެގި ޤައުމީ ސްކޮޑުގައި ހިމެނޭ އަޙުމަދު އައިހަމް (ފަތޯ) ޕްރެކްޓިހަށް ހާޒިރުނުވެ ފުޓްސަލް ކުޅެން ދިއުމުން، އޭނާ ސްކޮޑުން ބާކީކޮށްފިއެވެ.

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިން މެޗަށް ތައްޔާރުވުމުގެ ގޮތުން ދިވެހި ޤައުމީ ފުޓުބޯޅަ ޓީމުން އިއްޔެ  ހަވީރު ވަނީ ފަރިތަކުރުންތައް ފަށައިފިއެވެ. 

ޤައުމީ ޓީމުން އައިހަމްއަށް ޖާގަ ދޭން ފެށީ ޤައުމީ ޓީމުގެ ސެންޓަރ މިޑްފީލްޑަރެއްގެ މަޤާމަށް ކުޅެމުންދިޔަ އިބްރާޙިމް އައިސަމް (ޓޯނީ) އަށް އަނިޔާވުމުން އެ މަޤާމު ފޫބެއްދުމަށެވެ. 

އައިހަމް ޤައުމީ ޓީމުން ބާކީ ކުރިކަން މީޑިއާއަށް ހާމަ ކުރަމުން، ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ، ޓީމުގެ ޕްރެކްޓިހަށް ހާޒިރުނުވެ، އައިހަމް ފުޓްސަލް މުބާރާތެއްގައި ބައިވެރިވެފައިވާ ކަމަށެވެ. އަދި އެފަދަ އެއްވެސް ކަމެއް ދުރާލައި އޭނާ އަންގާފައި ވެސް ނުވާ ކަމަށް އެ އެސޯސިއޭޝަނުން ރޭ ނެރުނު ބަޔާނުގައި ބުނެފައި ވެއެވެ.

އޭނާގެ ބަދަލުގައި އަދި ޤައުމީ ޓީމަށް އިތުރު ކުޅުންތެރިއަކު ހިމަނާފައިވާކަމަށް ހާމަކޮށްފައެއް ނުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން