Ads by Stelco

ޚަބަރު

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފި

32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަސައްކަތް އެޗްޑީސީއާ ހަވާލުކޮށްފި

ދިވެހިރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢު ހަވާލުކުރުން ފޮޓޯ: ވުޒާެރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 04:10

10 ނޮވެމްބަރު 2025، 04:10

ދިވެހިރާއްޖޭގެ 32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެއް، ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރަސްމީކޮށް ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާގެ "ރަށްވެހި މާލަމު" ގައެވެ.

މި ރަސްމިއްޔާތުގައި، ޕާކުތަކުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެއްބަސްވުމުގައި ސޮއިކުރެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާއިބެހޭ ވުޒާރާގެ ފަރާތުން ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރެވެ.

މި މަޝްރޫޢުގެ ދަށުން ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު 32 ރަށްތަކަކީ:

ހއ. މޮޅަދޫ
ހއ. ފިއްލަދޫ
ރ. ހުޅުދުއްފާރު
ރ. މާކުރަތު
ރ. ކިނޮޅަސް
ރ. އިންނަމާދޫ
ރ. އިނގުރައިދޫ
ރ. ފައިނު
ހދ. ހަނިމާދޫ
ވ. ފުލިދޫ
ވ. ކެޔޮދޫ
ދ. މީދޫ
ތ. ވޭމަންޑޫ
ތ. ތިމަރަފުށި
ތ. ގުރައިދޫ
ލ. މާބައިދޫ
ލ. ދަނބިދޫ
ލ. މުންޑޫ
ގއ. ވިލިނގިލި
ގއ. ކަނޑުހުޅުދޫ
ގދ. ގައްދޫ
ސ. ހުޅުދޫ
ސ. ހިތަދޫ 1
ސ. ހިތަދޫ 2
ސ. މަރަދޫ ފޭދޫ
ސ. ފޭދޫ
ނ. ޅޮހި
ހދ. ނޮޅިވަރަމް
ށ. ކަނޑިތީމު
ށ. މިލަންދޫ
ބ. ފެހެންދޫ
ބ. ކުޑަރިކިލު


މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، ފާއިތުވި ދެ އަހަރުގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތަފްސީލު ދެއްވިއެވެ. ވަޒީރު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ތެރޭގައި ކުދިން ހެދިބޮޑުވުމަށާއި އަދި ކުދިން މުނިފޫހިފިލުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުން ހިމެނޭ ކަމަށެވެ. އަދި 2026ވަނަ އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ އިރުޝާދު ދެއްވާފައި ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަމާއި ގުޅިގެން މިއަދުވެސް އަޅުގަނޑުމެން މި ބޭއްވީ ކުޑަކުދިން ޕާކުތަކެއް އެޗްޑީސީއާއި ހަވާލުކުރުމުގެ މަސައްކަތް. މީގެ ކުރިންވެސް ވާނެ މި މަސައްކަތްތައް އެހެން ކުންފުނިތަކާއި ހަވާލުކޮށްފައި. ޖުމްލަ މިދެ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއްގައި މުޅިން އައު ކުޑަކުދިންގެ ޕާކު އެބަ ތަރައްޤީކުރެވޭ. އަދި 73 ރަށަކަށް ކުޑަކުދިންގެ ޕާކު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދާދެވޭނެ. 115 ރަށުގެ ކުޑަކުދިންގެ ޕާކު ޚިދުމަތް ދެވޭނެ،

ވަޒީރު 

ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މި ގައުމީ މަޝްރޫޢުގައި ޖުމްލަ 57 ރަށެއް ހިމެނެއެވެ. އޭގެ ތެރެއިން 52 ރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ފުރަތަމަ ބެޗުގައި ހިމެނޭ 12 ރަށުގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން 6 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތް ކުރިއަށް ދާއިރު، 4 ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. އަދި ދެ ޕާކެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީ އާއެވެ.

މީގެ އިތުރުން އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމަކީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމެކެވެ. އަދި ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށެވެ. މިހާތަނަށް މަސައްކަތް ނުފެށި 05 ރަށެއް އޮތްއިރު ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓުތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކުރެވިފައެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ބެޗް 3 އަދި 7 ގެ އެއްބަސްވުމުގެ ސޮއިކުރުމުގެ މަސައްކަތްނިމި، ބެޗް 3 ގެ މޮބިލައިޒޭޝަންގެ 33 އިންސައްތަ މަސައްކަތްވަނީ ނިމިފައިވާ ކަމަށެވެ. އަދި ކޮނުމާއި ކޮންކްރީޓްގެ މަސައްކަތުގެ 17 އިންސައްތަ މަސައްކަތް ވެސް ވަނީ ނިމިފައެވެ. މި މަޝްރޫޢުގެ ދަށުން ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ވެސް ކުޑަކުދިންނަށް ޚާއްސަ ޕާކެއް ގާއިމުވެގެން ދިޔުމަކީ ސަރުކާރުގެ މުހިއްމު އަމާޒެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން