Ads by Stelco

ޚަބަރު

ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ފަތުރުވެރިކަމުގެ ޖޮއިންޓް ވޯކިން ގްރޫޕެއް އެކުލަވާލަނީ

ދިވެހިރާއްޖެއާއި ޔޫއޭއީއާ ދެމެދު ފަތުރުވެރިކަމުގެ ޖޮއިންޓް ވޯކިން ގްރޫޕެއް އެކުލަވާލަނީ

ވަޒީރު ޠާރިޤު އިބްރާހީމް ޔޫއޭއީގެ ފަތުރުވެރިކަމާއި އިޤްތިޞާދާއި ބެހޭ ވަޒީރު އަބްދުﷲ ބިން ތޫގް އަލް މަރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުން ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 03:54

10 ނޮވެމްބަރު 2025، 03:54

ދިވެހިރާއްޖެއާއި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އާ ދެމެދު ފަތުރުވެރިކަމުގެ ދާއިރާއިން ގުޅިގެން މަސައްކަތްކުރުމަށް ޖޮއިންޓް ޓޫރިޒަމް ވޯކިން ގްރޫޕެއް އެކުލަވާލުމަށް އެއްބަސްވެއްޖެއެވެ. މި އެއްބަސްވުމަށް އާދެވިފައިވަނީ، މިހާރު ސައުދީ އަރަބިއްޔާއަށް ރާއްޖޭގެ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

ވަޒީރު ޠާރިޤު އިބްރާހީމް މިގޮތަށް އެއްބަސްވެވަޑައިގަތީ ސައުދީ އަރަބިއްޔާގެ ރިޔާދުގައި ކުރިއަށްދާ ޔޫއެން ޓޫރިޒަމް ޖެނެރަލް އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. މި ދަތުރުފުޅުގައި ޔޫއޭއީގެ ފަތުރުވެރިކަމާއި އިޤްތިޞާދާއި ބެހޭ ވަޒީރު އަބްދުﷲ ބިން ތޫގް އަލް މަރީއާ އެކު ބޭއްވެވި ބައްދަލުކުރެއްވުމެއްގައެވެ.



މި ބައްދަލުކުރެއްވުމުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ދެމެހެއްޓެނިވި ތަރައްޤީއާއި، އިއާދަކުރަނިވި ހަކަތައިގެ ބޭނުންކުރުމާއި، އަދި އިންސާނީ ވަސީލަތްތައް ބިނާކުރުމަށް އެހީތެރިވެދޭނެ ވޯކިން ގްރޫޕެއް އެކުލަވާލުމަށް ވަނީ އެއްބަސްވެފައެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި ވޯކިން ގްރޫޕުގެ ސަބަބުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އ.ދ. ގެ ފަތުރުވެރިކަމާ ބެހޭ ޖަމްޢިއްޔާގެ އާއްމު ބައްދަލުވުން ކުރިއަށްދަނީ މި މަހުގެ 7 ވަނަ ދުވަހުން ފެށިގެގެން 11 ވަނަ ދުވަހުގެ ނިޔަލަށެވެ. މި އަހަރުގެ ބައްދަލުވުން ކުރިއަށްދަނީ "އޭ.އައި. ޕަވަރޑް ޓޫރިޒަމް: ރީޑިފައިނިންގ ދަ ފިއުޗަރ" މި ޝިއާރުގެ ދަށުންނެވެ. މި ބައްދަލުވުމުގައި ވައިސް-ޕްރެޒިޑެންޓްގެ ހައިސިއްޔަތުން މިމަހުގެ 9 ވަނަ ދުވަހު ބޭއްވި އާއްމު ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން