Ads by Stelco

ޚަބަރު

މި ސަރުކާރުގައި ކަރެކްޝަނަލް ސަރވިސްއަށް ފަހި ދުވަސްތަކެއް ގެނެސްދޭނެ: ކޮމިޝަނަރ ޒަރީރު

މި ސަރުކާރުގައި ކަރެކްޝަނަލް ސަރވިސްއަށް ފަހި ދުވަސްތަކެއް ގެނެސްދޭނެ: ކޮމިޝަނަރ ޒަރީރު

ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 03:36

10 ނޮވެމްބަރު 2025، 03:36

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) އަށް މި ސަރުކާރުގެ ޒަޢާމަތުގައި ކުރިއެރުން ގެނުވާނެ ފަހި ދުވަސްތަކެއް އޮތްކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ. ޒަރީރު މިހެން ވިދާޅުވީ،  އެމް.ސީ.އެސްގެ އައު ހެޑްކުއަރޓަރސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

އެމް.ސީ.އެސްގެ އައު ހެޑްކުއަރޓަރސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ އޮފް ޕްރިޒަންސް ޙަސަން ޒަރީރު ވިދާޅުވީ، މިވީ ދުވަސްތަކުގައި ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތަށް ވަޞީލަތްތަކުގެ ގޮތުން މާބޮޑު ކުރިއެރުމެއް އައިސްފައިނުވާ ކަމަށެވެ. އެގޮތުން ވޭތުވެދިޔަ ދުވަސްތަކުގައި ކަރެކްޝަނަލްގެ އޮފީސް ހިންގުމަށް 6 އިމާރާތެއް ކުއްޔަށް ނަގަންޖެހުނު ކަމަށާއި، ފުރަތަމަ ފަހަރަށް މަސައްކަތްކުރުމަށް އަމިއްލަ އިމާރާތެއް ލިބިގެން މިދިޔައީ މި ސަރުކާރުގައިކަމަށް ކޮމިޝަނަރ ޒަރީރު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން ޕީއެސްއެމްގެ އޭ ބްލޮކްގައި އޮފީސް ހިންގަމުންދިޔައީ. އޮފީސް ހިންގޭ ވަރުގެ ޖާގައެއް ނުލިބުނު. އެތަނުގެ މަރާމާތަށް ދައުލަތުން 11 މިލިޔަން ޚަރަދުކުރި

ޒަރީރު 

ކޮމިޝަނަރ އޮފް ޕްރިޒަންސް ޒަރީރު އިތުރަށް ވިދާޅުވީ، ފުރަތަމަ ފަހަރަށް ކަރެކްޝަނަލްއަށް 5 ވެހިކަލަކާއި 2 އެމްބިއުލާންސް ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާ ކަމަށެވެ. ހުޅުމާލޭ ޖަލުން މިހާރު ޤައިދީން ހޮސްޕިޓަލަށް އުފުލަމުންދަނީ ބަގީއެއްގައިކަން ފާހަގަކުރައްވަމުން ޒަރީރު ވިދާޅުވީ ވެހިކަލްތައް ލިބުމުން މިކަމަށް ހައްލު ލިބި، ޚިދުމަތް ދިނުމުގައި އިތުރު ފަސޭހައެއް ލިބޭނެ ކަމަށެވެ.

މިވަގުތު 3 ޖަލާއި އިމިގްރޭޝަން ޑިޓެންޝަން ސެންޓަރުގެ ސެކިއުރިޓީ ބަލަހައްޓަމުން ގެންދަނީ ކަރެކްޝަނަލް ސަރވިސްއިންނެވެ. ރާއްޖޭގައި 1718 ގައިދީން ޖަލުތަކުގައި ތިބިއިރު، އޭގެ ތެރެއިން 1591 ޤައިދީން ބަންދުކޮށްފައި ތިބީ ކަރެކްޝަންސްއިން ބަލަހައްޓާ ޖަލުތަކުގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން