Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ހުޅުއްވައިދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ހުޅުމާލޭގައި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައު ހެޑްކުއަރޓަރސް ހުޅުއްވައިދެއްވުން ފޮޓޯ: ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 03:26

10 ނޮވެމްބަރު 2025، 03:26

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމް.ސީ.އެސް) ގެ އައު ހެޑްކުއަރޓަރސް އިމާރާތް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. އަމިއްލަ އިމާރާތެއްގައި ހެޑްކުއަރޓަރސް ޤާއިމުވެގެން ދިއުމަކީ ކަރެކްޝަންސްގެ ޚިދުމަތްތަކަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އެ ސަރވިސްއިން ފާހަގަކުރައްވައެވެ.

މި އިމާރާތް ހުޅުވުމަށް ހުޅުމާލޭގައި ބޭއްވުނު ރަސްމިއްޔާތުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނާއި، ކޮމިޝަނަރ އޮފް ޕްރިޒަންސް ޙުސައިން ޒަރީރާއި، ކަރެކްޝަންސްގެ އިސްވެރިންނާއި އޮފިސަރުންނާއި މުވައްޒަފުން ވަނީ ބައިވެރިވެވަފައެވެ.

ރަސްމިއްޔާތުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މެހެމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މި އައު ހެޑްކުއަރޓަރސް އިމާރާތުގައި ހުރި ވަސީލަތްތައް ކައިރިން  ބައްލަވާލައްވާފައެވެ.

މި އައު އޮފީސް އިމާރާތަކީ ގާތްގަނޑަކަށް 12,000 އަކަފޫޓުގެ ޖާގައެއްގައި ދެ ފަންގިފިލާއަށް ތަރައްޤީކުރެވިފައިވާ އިމާރާތެކެވެ. މި އިމާރާތުގައި ކަރެކްޝަންސްގެ މުހިންމު ގިނަ ސެކްޝަންތަކެއް ވަނީ ޤާއިމުކުރެވިފައެވެ. 

އައު ހެޑްކުއަރޓަރސްގައި ޤާއިމުކޮށްފައިވާ ސެކްޝަންތައް:

1. އޮފިސް އޮފް ދަ ކޮމިޝަނަރ
2. މީޑިއާ އެންޑް ޕަބްލިކް ރިލޭޝަންސް ސެކްޝަން
3. އެޑްމިނިސްޓްރޭޝަން ސެކްޝަން
4. ޕްރޮކިއުމަންޓް ސެކްޝަން
5. ބަޖެޓް އެންޑް ފައިނޭންސް ސެކްޝަން
6. އޮފެންޑަރ ސަރވިސް ޑިވިޜަން
7. އިންފޮރމޭޝަން ޓެކްނޮލޮޖީ ޑިވިޜަން
8. ރިހެބިލޓޭޝަން އެންޑް ރީއިންޓަގްރޭޝަން ކޮމާންޑް
9. ޕެރޯލް އޮފީސް
10. ހެލްތުކެއަރ ސަރވިސް ޑިވިޜަން
11. ޕްރޮފެޝަނަލް ސްޓޭންޑަރޑް
12. ލީގަލް ސަރވިސް ސެކްޝަން
13. ޔުނިފޯރމް ސަރވިސް ސެކްޝަން
14. ސެންޓްރަލް ސެކިއުރިޓީ ކޮމާންޑް
15. ޓްރާންސްޕޯރޓް ސަރވިސް ސެކްޝަން

މީގެ ކުރިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ހެޑްކުއަރޓަރސް ހިންގަމުން ގޮސްފައިވަނީ ކުއްޔަށް ހިފާފައިވާ އިމާރާތްތަކުގައެވެ. އަމިއްލަ އިމާރާތެއްގައި މި ހެޑްކުއަރޓަރސް ހުޅުވިގެން ދިއުމަކީ ކަރެކްޝަންސްގެ މަސައްކަތްތައް އިތުރަށް ހަރުދަނާވެ، ޚިދުމަތްތަކުގެ ފެންވަރު ރަނގަޅުކުރުމަށް ލިބިގެންދާނެ ބޮޑު ބާރެއް ކަމަށް އެ އިދާރާއިން ޤަބޫލުކުރައްވައެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަކީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނުގެ ދަށުން 31 ޑިސެމްބަރ 2013 ގައި އެފެއްދެވި މުއައްސަސާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން