Ads by Stelco

ޚަބަރު

ދައުލަތަށް ޚިދުމަތް ކުރެއްވި 97 ބޭފުޅުންނާއި، މަތީ ދަރަޖަ ހޯދި 33 ފަރާތަކަށް ޖުމްހޫރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެ

ދައުލަތަށް ޚިދުމަތް ކުރެއްވި 97 ބޭފުޅުންނާއި، މަތީ ދަރަޖަ ހޯދި 33 ފަރާތަކަށް ޖުމްހޫރީ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިނާމު ދެއްވާނެ

ޖުމްހޫރިދުވަހުގެ މިދިޔަ އަހަރުގެ ޖަލްސާގެ ތެރެއިން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 10:51

10 ނޮވެމްބަރު 2025، 10:51

މިއަހަރުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އިނާމު ދެއްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކުރައްވައިފިއެވެ. މި ޝަރަފުވެރި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 8:30 ގައި ސޯޝަލް ސެންޓަރުގައެވެ.

ރައީސް އޮފީހުން ވިދާޅުވި ގޮތުގައި، މި ޖަލްސާގައި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމު 97 ބޭފުޅަކަށް ލިބިވަޑައިގަންނަވާނެއެވެ. މި ބޭފުޅުންގެ ތެރޭގައި 35 އަހަރާއި 39 އަހަރާ ދެމެދުގެ މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރެއްވި ބޭފުޅުން ހިމެނެއެވެ. މި އިނާމަށް ބޭފުޅުން ހޮއްވެވީ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ސަރުކާރުން ވަނީ މި އަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައިވެސް 40 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރެއްވި 94 ބޭފުޅަކަށް އިނާމު ހަވާލުކުރައްވާފައެވެ.

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު މިއަހަރު ލިބިވަޑައިގަންނަވަނީ 33 ބޭފުޅުންނަށް ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މި އިނާމަށް ބޭފުޅުން ހޮއްވެވުމުގެ މަސައްކަތް ކުރިއަށް ގެންދެވީވެސް އިނާމާބެހޭ ޚާއްސަ ކޮމިޓީންނެވެ.

ދިވެހި ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމަކީ، ދިވެހި ދައުލަތަށް 35 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ މުވައްޒަފުންގެ ތެރެއިން، މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމާއެކު، ޤާބިލްކަމާއި، އިޚްލާޞްތެރިކަމާ އެކުގައި ކޮށްފައިވާ ޚިދުމަތްތަކަށާއި، އެ މުއައްސަސާއަކަށް ކޮށްދީފައިވާ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައި ދައުލަތުން ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޝަރަފުވެރި އިނާމެކެވެ. ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކޮށްފައިވާ ފަރާތްތަކަށް މި އިނާމުގެ ގޮތުގައި ޝަރަފުގެ ބެޖަކާއި ޝަރަފުގެ އައްޑަނައަކާއި ހަނދާނީ ފިލައެއް ހަވާލުކުރެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން