ކުޅިވަރު

ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ލަންކާއަށް

ތަޖުރިބާ ހޯދުމަށް ރާއްޖޭގެ ޒުވާން ކްރިކެޓް ޓީމު ލަންކާއަށް

ޒުވާން ކްރިކެޓް ޓީމު ފުރުމުގެ ކުރިން ނަގާފައިވާ ފޮޓޯއެއް---

farudhun logo

ފަރުދުން

10 ނޮވެމްބަރު 2025، 09:24

10 ނޮވެމްބަރު 2025، 09:24

ދިވެހިރާއްޖޭގެ 19 އަހަރުން ދަށުގެ ޤައުމީ ކްރިކެޓު ޓީމު ތަޖުރިބާ ހޯދުމުގެ ދަތުރެއްގައި އަވަށްޓެރި ސްރީލަންކާއަށް އިއްޔެ ފުރައިފިއެވެ.

މިއީ މިމަހުގެ 19 އިން 30 އަށް ޔުނައިޓެޑް އެރެބް އެމިރޭޓްސްގަ ބޭއްވުމަށް ހަމަޖެހިފައިވާ 19 އަހަރުންދަށުގެ މެންސް އޭސީސީ ޕްރިމިއަރ ކަޕަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން ކުރިޔަށް ގެންދާ ފަރިތަކުރުންތަކެކެވެ. 

މި ދަތުރުގެ ތެރެއިން ރާއްޖޭގެ ޓީމާއި ލަންކާގެ ޓީމުތަކާ ދެމެދު ތިން މެޗެއް ކުޅުމަށްވަނީ ހަމަޖެހިފައިވެއެވެ. 

ސްރީލަންކާއަށް ފުރުމުގެ ކުރިން، މެންސް އޭސީސީ ޕްރިމިއަރ ކަޕަށްދާ ޤައުމީ ކުރިކެޓު ޓީމަށް ހޮވުނު ކުޅުންތެރިންނަށް ޖާރޒީ ހަވާލުކުރުމަށް ޙާއްޞަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު އޮތީ މިދިޔަ ހުކުރުދުވަހުގެރޭ ސޯލްޓް ރެސްޓޯރެންޓުގަރެއެވެ. 

މި ރަސްމިއްޔާތުގައި ކުރިކެޓް ޓީމާ ޖާރޒީ ހަވާލުކޮށްދެއްވީ ސްރީލަންކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައިކޮމިޝަނަރ ރިޒްވީ ހަސަންއެވެ. އަދި ޤައުމީ ކުރިކެޓު ޓީމުގެ ކެޕްޓަން މަބްސަރު ޢަބްދުﷲ އަދި ވައިސް ކެޕްޓަން މުޙައްމަދު މިއުވާންގެ ޖާރޒީ ހަވާލުކޮށްދެއްވާފައި ވަނީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ރައީސް މުޙައްމަދު ފައިސަލްއެވެ. 

މި ރަސްމިއްޔާތުގައި ސީބީއެމްގެ އިސްވެރިންގެ އިތުރުން ޓީމުގެ ޖާރޒީ ސްޕޮންސަރކުރި އިސްލާމިކް ބޭންކުގެ ފަރާތުން އެކުންފުނީގެ މާރކެޓިންގެ އެންޑް ކޯޕަރޭޓް ކޮމިއުނިކޭޝަންސް ގެ ހެޑް ނީރައިން ޖަލީލްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޤައުމީ ކުރިކެޓް ޓީމު މުބާރާތުގައި ވާދަކުރުމަށް ޔޫއޭއީއަށް ފުރާނީ މި މަހުގެ 19 ވަނަ ދުވަހު ލަންކާއިންނެވެ. އަދި މުބާރާތަށްފަހު މި ޓީމު ރާއްޖެ އައުމަށް ހަމަޖެހިފަވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން