ކުޅިވަރު

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ ދެ ޓީމަށް ވެސް އުނދަގޫ ފެށުމެއް

އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގައި ރާއްޖޭގެ ޓީޓީ ދެ ޓީމަށް ވެސް އުނދަގޫ ފެށުމެއް

ރާއްޖޭގެ އަންހެން ޓީޓީ ޓީމުގެ ޑަބަލްސް މެޗު / ފޮޓޯ: އެމްއޯސީ

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2025، 10:28

09 ނޮވެމްބަރު 2025، 10:28

ސަޢުދީ ޢަރަބިއްޔާގެ ރިޔާޛުގައި ކުރިއަށްދާ ހަވަނަ އިސްލާމިކް ސޮލިޑާރިޓީ ގޭމްސް 2025ގައި އަންހެން ޓޭބަލް ޓެނިސް ޓީމް އިވެންޓުގެ ފުރަތަމަ މެޗުގައި ތުރުކީއިން ދިވެހިރާއްޖޭގެ މައްޗަށް ކުރިހޯދިއިރު، ފިރިހެން ޓީމުގެ ފުރަތަމަ މެޗުގައި އިރާނުން ދިވެހިރާއްޖޭގެ މައްޗަށް ކުރި ހޯދައިފިއެވެ.

އަންހެން ޓީމުން ތުރުކީއާ ދެކޮޅަށް ނިކުތްއިރު، އެ ޓީމުގައި ހިމެނުނީ ފާތިމަތު ދީމާ އަލީ، އައިޝަތު ރަފާ ނާޒިމް އަދި އައިޝަތު އަލްސާ ނާފިޒްއެވެ. ޓީމު އިވެންޓުގައި ފުރަތަމަ ކުޅުނު ޑަބަލްސް މެޗުގައި ދީމާ އާއި ރަފާގެ ޕެއާރ ނިކުތީ ތުރުކީގެ އޮޒްގޭ ޔިލްމާޒް އާއި ހެރަޗްއާ ދެކޮޅަށެވެ. މި މެޗުގެ ސެޓުތައް ތުރުކީއިން ކާމިޔާބުކުރީ 11-7، 11-5 އަދި 11-2އިންނެވެ. 

އަންހެން ބައިގެ ޓީމު އިވެންޓުގެ ސިންގަލްސް ފުރަތަމަ މެޗުގައި ބައްދަލުކުރީ ސިބެލް އަލްޓިންކާޔާ އާއި އަލްސާއެވެ. އެ މެޗު 11-3، 11-4 އަދި 11-4އިން ސިބެލް ކާމިޔާބުކުރިއިރު، ދެވަނަ މެޗުގައި ބައްދަލުކުރީ ހެރަޗް އާއި ދީމާއެވެ. މި މެޗު ހެރަޗް ކާމިޔާބު ކުރީ 11-3 އަދި 11-4 އިންނެވެ.

އިރާންއާ ދެކޮޅަށް ނިކުތް ފިރިހެން ޓީމުގައި ހިމެނުނީ  މޫސާ މުންސިފް އަޙުމަދު، މުޙައްމަދު ޝައްފާން އިސްމާއިލް އަދި އަހްޔަރް އަޙުމަދު ހާލިދެވެ. 

ފިރިހެން ޓީޓީ ޓީމަށް ކޯޗު އިރުޝާދު ދެނީ / ފޮޓޯ: އެމްއޯސީ

ޓީމު އިވެންޓުގެ ޑަބަލް މެޗުގައި ޝައްފާން އާއި މުންސިފް ނިކުތްއިރު، އެ މެޗު އިރާނުން ކާމިޔާބުކުރީ 11-4، 14-12 އަދި 13-11 އިންނެވެ.

އަދި ފިރިހެން ބައިގެ ޓީމު އިވެންޓުގެ ސިންގަލްސް ފުރަތަމަ މެޗުގައި ބައްދަލުކުރީ ސެޔެދުއާމިރުހުސެއިން އާއި އަޚްޔާރުއެވެ. އެ މެޗުގެ ސެޓުތައް އިރާނުގެ ކުޅުންތެރިޔާ ކާމިޔާބުކުރީ 11-4، 11-5 އަދި 11-5 އިންނެވެ. ދެވަނަ މެޗުގައި ޝައްފާން ނިކުތީ ސައެދުމުޙައްމަދުއާ ދެކޮޅަށެވެ. އެ މެޗު ޝައްފާންއަށް ގެއްލުނީ 11-4 އަދި 11-1އިންނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން