ކުޅިވަރު

ސަންޑަރލޭންޑުގެ ބަދަލުކުޅުންތެރިޔާގެ ގޯލުން އާސެނަލްއަށް ދެ ޕޮއިންޓު ގެއްލިއްޖެ

ސަންޑަރލޭންޑުގެ ބަދަލުކުޅުންތެރިޔާގެ ގޯލުން އާސެނަލްއަށް ދެ ޕޮއިންޓު ގެއްލިއްޖެ

ސަންޑަރލޭންޑުގެ ބްރައިން ބްރޮބީ ގޯލު ޖެހުމަށްފަހު އުފާފާޅުކުރަނީ---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2025، 08:21

09 ނޮވެމްބަރު 2025، 08:21

އިންގްލިޝް ޕްރިމިއަރ ލީގުގެ އެއްވަނައިގައި އޮތް އާސެނަލްއާ ސަންޑަރލޭންޑު ބައްދަލުކުރިމެޗުގައި، ސަންޑަރލޭންޑަށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ނިކުތް ފޯވާޑް، ބްރިޔަން ބޮބޭ ކާމިޔާބުކުރި އޭނާގެ ފުރަތަމަ ޕްރިމިއަރ ލީގު ގޯލާއެކު، އެ މެޗު 2-2އިން އެއްވަރުވެ، އާސެނަލްއަށް ދެ ޕޮއިންޓު ގެއްލިއްޖެއެވެ.

މި މެޗުގައި ފުރަތަމަ ލީޑު ނެގީ ވެސް ސަންޑަރލޭންޑުންނެވެ. އެ ޓީމުގެ ސެންޓަރބެކަށް ކުޅެމުން އަންނަ އާރސެނަލްގެ އެކެޑެމީއިން ޕްރޮފެޝަނަލް ކެރިއަރު ފެށި ޑެނިއެލް ބަލާރޑް ފޮނުވާލި މި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ދާގަނޑަށެވެ. 

ނަމަވެސް ދެވަނަ ހާފުގައި ސަންޑަރލޭންޑުގެ މެދުތެރެއިން ގެއްލުވާލި ބޯޅައަކުން އުފެއްދި ހަމަލާއެއްގައި ބުކާޔޯ ސަކާ ވަނީ އާސެނަލްއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. 

އާސެނަލްއިން މެޗުގައި ފުރަތަމަ ފަހަރަށް ލީޑު ނެގީ އޭގެ 20 މިނެޓުފަހުން ލިއޭންޑްރޯ ޓްރޮސާރޑް، ސަންޑަރލޭންޑުގެ ޕެނަލްޓީ އޭރިޔާގެ ބޭރުގައި ހުރެފައި ގޯލުގެ މަތީ ކަނަށް ފޮނުވާލި ބޯޅައިންނެވެ.

އޭގެ ފަހުން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ސަންޑަލޭންޑުން ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. 

އެގޮތުން އިތުރު ވަގުތުގެ ހަތް މިނިޓްގެ ތެރެއިން ހަތަރު ވަނަ މިނިޓްގައި ސަންޑަރލޭންޑަށް އެއްވަރުކޮށްދިން ގޯލު ޖެހީ ބަދަލަކަށް ކުޅެން އެރި ބްރައިން ބްރޮބީއެވެ. އޭނާ އެ ބޯޅަ ގޯލަށް ފޮނުވާލީ އާސެނަލްގެ ގޯލްކީޕަރު، ޑޭވިޑް ރާޔާ އާއި ޑިފެންޑަރު، ގަބްރިއަލް މަގާލައެސް މެދުތެރެއިން އަރައި، ފުންމާލާފައި ފައިން ގޯލަށް ފޮނުވާލި ބޯޅައިންނެވެ. 

މެޗު ނިމުމުގެ ކުރިން އާސެނަލްއަށް ވަނީ އިތުރު ފުރުސަތެއް ލިބިފައެވެ. ސަންޑަރލޭންޑުގެ ގޯލު އޭރިއާ ތެރެއިން ލިބުނު ފުރުސަތެއްގައި، މިކޭލް މެރީނޯ ޖެހި ބޯޅަ ގޯލުގެ ރޮނގު މަތިން ކަހަލަ ގޮތަކަށް ދިފާއުކުރީ ސަންޑަރލޭންޑަށް ފުރަތަމަ ގޯލު ކާމިޔާބުކޮށްދިން ބަލާރޑްއެވެ.

މި ނަތީޖާއާއެކު ސަންޑަރލޭންޑުން ވަނީ ލީގުގެ ހަތަރު ވަނައަށް އަރާފައެވެ. އެ ޓީމު މިހާތަނަށް ކުޅުނު 11 މެޗުން ވަނީ 19 ޕޮއިންޓު ހޯދާފައެވެ. 

އަދި އެއްވަނައިގައި އޮތީ 6 ޕޮއިންޓުގެ ލީޑެއްގައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން