ކުޅިވަރު

ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އުމުރުން އެންމެ 15 އަހަރުގެ ޔަސީން ހޯދައިފި

ރަންނަމާރި ޗެލެންޖުގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އުމުރުން އެންމެ 15 އަހަރުގެ ޔަސީން ހޯދައިފި

ޔަސީން ޖޫނިއާ ލީގު ޗެމްޕިއަން ޓްރޮފީއާއެކު.--- ފޮޓޯ: އެމްއެސްއޭ/ ސިޑިބަރި

farudhun logo

ފަރުދުން

08 ނޮވެމްބަރު 2025، 05:51

08 ނޮވެމްބަރު 2025، 05:51

ރަންނަމާރި ޗެލެންޖު 1447ގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން އުމުރުން އެންމެ 15 އަހަރުގެ ޔަސީން އަޙުމަދު ނާޝިދު ހޯދައިފިއެވެ. މި ކެޓަގަރީގެ އިތުރުން އޭނާ ވަނީ ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަމާއި ލީގު ޗެމްޕިއަންކަން ވެސް ހޯދައިފައެވެ. މިއީ ޖޫނިއަރ ކެޓަގަރީގެ ޗެމްޕިއަންކަން އޭނާ ހޯދި ފުރަތަމަ ފަހަރެވެ.

ޔަސީންގެ މި ކާމިޔާބަކީ ރާއްޖޭގެ ސާރފިންގެ ތާރީޙީ ކާމިޔާބެކެވެ. އެގޮތުން އޭނާ ވެގެން ގޮސްފައި މިވަނީ މޯލްޑިވްސް ސަރފިން އެސޯސިއޭޝަން (އެމްއެސްއޭ)ގެ މުބާރާތެއްގެ އޯޕަން ކެޓަގަރީގެ ޗެމްޕިއަންކަން ހޯދި ޖޫނިއަރ ކެޓަގަރީގެ ފުރަތަމަ ސާރފަރަށެވެ.

އޯޕަން ބައިގެ ޗެމްޕިއަންކަން ޔާސީން ހޯދީ ފައިނަލް ހީޓުގައި ތަޖުރިބާކާރު ސާފަރު، ތުލުސްދޫގެ އަޙުމަދު ހިޝާމް ޝަހީމްއާ ވާދަކޮށް ޖުމްލަ 16 ޕޮއިންޓް ހޯދައިގެންނެވެ. ޔަސީން ވަނީ މިދިޔަ އަހަރުގެ ރަންނަމާރި ޗެލެންޖްގެ ޖޫނިއާރ ބައިން ވެސް ޗެމްޕިއަންކަން ހޯދައިފައެވެ. 

ރަންނަމާރި ޗެލެންޖްގެ އޯޕަން ބައިގެ ވަނަތަކަށް ދިޔަ ސާފަރުން.--- ފޮޓޯ: އެމްއެސްއޭ/ ސިޑިބަރި

ލީގު ޗެމްޕިއަންކަން ދިނުމުގައި އެމްއެސްއޭއިން ބަލާފައި ވަނީ މި އަހަރުގެ ލީގުގެ ތިން މުބާރާތުގެ ތެރެއިން އެންމެ މަތިން ސްކޯރ ކުރި ދެ މުބާރާތުގެ ނަތީޖާއަށެވެ. ޔަސީން ވަނީ މި އަހަރުގެ ދެ މުބާރާތް ކާމިޔާބު ކޮށްފައެވެ. މުލީކޮޅުގައި ސައްޔިދު ޗެމްޕިއަންކަން ހޯދި ނަމަވެސް ރަންނަމާރީގެ އިތުރުން ލ. މާބައިދޫ މުބާރާތުގެ ޖޫނިއާރ ޗެމްޕިއަންކަން ހޯދީ ވެސް ޔަސީންއެވެ.

އޯޕަން ބައިގައި ވެސް ވާދަކުރި ޔަސީން ލީގު ނިންމާލީ ސީނިއާ ރޭންކިންގެ ދެވަނައިގައެވެ. އޭނާ ވަނީ ފުރަތަމަ އޮތް މުލީކޮޅު ރާޅުގަނޑުގެ ކުއާޓާރ ފައިނަލާ ހަމައަށް ދަތުރު ކޮށްފައެވެ. އަދި މާބައިދޫގައި އޮތް ކެރަންޑޫގެ ފައިނަލްގައި ވެސް ޔަސީން ވާދަ ކޮށްފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން