ޚަބަރު
ދާޚިލީ ސަލާމަތުގެ ދާއިރާގެ 31 މަޝްރޫޢެއް 5 އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި
އެއްބަސްވުމުގައި ސޮއިކުރުން/ފޮޓޯ: ރައީސް އޮފީސް
ދާޚިލީ ސަލާމަތުގެ ދާއިރާގެ 31 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ 5 ކުންފުންޏަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި، މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއާއި ދިވެހި ފުލުހުންގެ ޚިދުމަތާއި މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނެވެ. އެގޮތުން، މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ޕޮލިސް ޕޯސްޓް އިމާރާތްކުރުމުގެ މަސައްކަތާއި ޕޮލިސް ސްޓޭޝަން އިމާރާތްކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.
ދާޚިލީ ދާއިރާއިން އަމިއްލަ 5 ކުންފުންޏަކާ ހަވާލުކުރި މަޝްރޫޢުތައް:
- ލ. މާމެންދޫ ޕޮލިސް ޕޯސްޓް އެޅުން - އެފްޖޭ ޑިޒައިންއަށް
- ލ. މާބައިދޫ ޕޮލިސް ޕޯސްޓް އެޅުން - އެފްޖޭ ޑިޒައިންއަށް
- ދ. ހުޅުދެލި ޕޮލިސް ސްޓޭޝަން އެޅުން - އެފްޖޭ ޑިޒައިންއަށް
- ދ. ބަޑިދޫ ޕޮލިސް ސްޓޭޝަން އެޅުން - އެފްޖޭ ޑިޒައިންއަށް
- ދ. މަޑުއްވަރީ ޕޮލިސް ސްޓޭޝަން އެޅުން - އެފްޖޭ ޑިޒައިންއަށް
- ތ. ގާދިއްފުށި ޕޮލިސް ސްޓޭޝަން އެޅުން - އެފްޖޭ ޑިޒައިންއަށް
- ތ. ދިޔަމިގިލި ޕޮލިސް ސްޓޭޝަން އެޅުން - އެފްޖޭ ޑިޒައިންއަށް
- ބ. ކެންދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ބ. ކަމަދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ރ. އިނގުރައިދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ކ. ހިންމަފުށި ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ކ. ގާފަރު ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ގއ. މާމެންދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ނ. މާޅެންދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ހދ. ނެއްލައިދޫ ޕޮލިސް ސްޓޭޝަން އެޅުން - ޑޮނާޑް ޕްރައިވެޓް ލިމިޓެޑަށް
- ކ. ދިއްފުށި ޕޮލިސް ސްޓޭޝަން އެޅުން - އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
- ބ. ހިތާދޫ ޕޮލިސް ސްޓޭޝަން އެޅުން - އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
- ބ. ކިހާދޫ ޕޮލިސް ސްޓޭޝަން އެޅުން - އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
- ބ. ދޮންފަނު ޕޮލިސް ސްޓޭޝަން އެޅުން - އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
- ބ. ކުޑަރިކިލު ޕޮލިސް ސްޓޭޝަން އެޅުން - އެންކޯ ހޯލްޑިން ޕްރައިވެޓް ލިމިޓެޑަށް
- ހއ. ތަކަންދޫ ޕޮލިސް ސްޓޭޝަން އެޅުން - ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
- ހއ. ފިއްލަދޫ ޕޮލިސް ސްޓޭޝަން އެޅުން - ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
- ހދ. ވައިކަރަދޫ ޕޮލިސް ސްޓޭޝަން އެޅުން - ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
- ހދ. ކުރިނބީ ޕޮލިސް ސްޓޭޝަން އެޅުން - ޕެންސާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް
- ތ. ބުރުނީ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- ތ. ވަންދޫ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- ތ. ހިރިލަންދޫ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- މ. ކޮޅުފުށި ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- ސ. މަރަދޫ ފޭދޫ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- އއ. ބޮޑުފޮޅުދޫ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
- އދ. މަންދޫ ޕޮލިސް ސްޓޭޝަން އެޅުން - އެމްލޮކް ޕްރައިވެޓް ލިމިޓެޑަށް
މި ދެއަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމުކޮށް ދިވެހި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން، މިއަހަރުގެ މިހާތަނަށް ފުލުހުންގެ މަރުކަޒު ނެތް ގިނަ ރަށްރަށުގައި މަރުކަޒު ޤާއިމުކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހައި ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރުމަކީ މުޖުތަމަޢުގެ ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަށް މުހިންމު ފިޔަވަޅެކެވެ. ވީމާ، ސަރުކާރުން މިކަމަށް ޚާއްޞަ އިސްކަމެއް ދެއްވައެވެ.