Ads by Stelco

ޚަބަރު

ޞިއްޙީ ދާއިރާގެ 30 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

ޞިއްޙީ ދާއިރާގެ 30 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ނޮވެމްބަރު 2025، 05:04

06 ނޮވެމްބަރު 2025، 05:04

ޞިއްޙީ ދާއިރާގެ 30 މަޝްރޫޢެއް ކުރިއަށްގެންދިޔުމަށް އަމިއްލަ ކުންފުނިތަކާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ސޮއިކުރައްވާފައި ވަނީ، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ކުންފުނިތަކާ ގިނަ އަދަދެއްގެ މަޝްރޫޢުތައް ހަވާލުކުރުމަށް މިއަދު ބާސެލޯ ނަސަންދުރާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގައި، މި މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރައްވާފައި ވަނީ ޞިއްޙީ ވުޒާރާއާއި މި މަޝްރޫޢުތައް ހަވާލުކޮށްފައިވާ އަމިއްލަ ކުންފުނިތަކުގެ އިސްވެރިންނެވެ. އެގޮތުން، މިއަދު ސޮއިކުރެވުނު މަޝްރޫޢުތަކުގެ ތެރޭގައި ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތާއި ހޮސްޕިޓަލާއި ޞިއްޙީ މަރުކަޒު އިމާރާތް ކުރުމުގެ މަސައްކަތްތައް ހިމެނެއެވެ.

ޞިއްޙީ ދާއިރާއިން އަމިއްލަ ކުންފުނިތަކާ ހަވާލުކުރި 30 މަޝްރޫޢު:

  • ލ. މާވަށު ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން - އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • ގއ. ކޮލަމާފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • ގއ. ނިލަންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުން - އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • ގއ. ދެއްވަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އޮކްޓިމާ ހޯލްޑިން ޕްރައިވެޓް ލިމިޓެޑް
  • ލ. އިސްދޫ ކަލައިދޫގައި 30 އެނދުގެ ހޮސްޕިޓަލެއް އެޅުން - ފެޑޯ ޕްރައިވެޓް ލިމިޓެޑް
  • ހދ. ހަނިމާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އެލްއެމްއޭ އިންވެސްޓްމެންޓް
  • ހދ. މަކުނުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އެލްއެމްއޭ އިންވެސްޓްމެންޓް
  • ހދ. ވައިކަރަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އެލްއެމްއޭ އިންވެސްޓްމެންޓް
  • ގދ. މަޑަވެލި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ގއ. މާމެންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސަމާލު ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ށ. ފޭދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑް
  • ށ. ބިލެއްފަހި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ޕާފެކްޓް މަލަފެހި ޕްރައިވެޓް ލިމިޓެޑް
  • ފ. މަގޫދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އިކޯސިސް ޕްރައިވެޓް ލިމިޓެޑް
  • ދ. މާއެނބޫދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އިކޯސިސް ޕްރައިވެޓް ލިމިޓެޑް
  • ނ. ޅޮހީގެ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ވަލީދު ކޮންސްޓްރަކްޝަން
  • ބ. ކެންދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އެސެޓް އެންޑް ޕްރައިވެޓް ލިމިޓެޑް
  • އއ. މާޅޮހު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އެސެޓް އެންޑް ޕްރައިވެޓް ލިމިޓެޑް
  • ބ. ކަމަދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ނެކްސްޓޭ ޕްރައިވެޓް ލިމިޓެޑް
  • ގއ. ކަނޑުހުޅުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ނެކްސްޓޭ ޕްރައިވެޓް ލިމިޓެޑް
  • މ. ދިއްގަރު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ނިއުހިޔާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ގދ. ވާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - މިމްސް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ރ. ރަސްގަތީމު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސައުސަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ޅ. އޮޅުވެލިފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސައުސަން ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް
  • ކ. ގުރައިދޫ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު ރީ-ޑެވެލޮޕް ކުރުން - އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ދ. މީދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސެވެން ވީކްސް ޕްރައިވެޓް ލިމިޓެޑް
  • ނ. ހޮޅުދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ސެވެން ވީކްސް ޕްރައިވެޓް ލިމިޓެޑް
  • ގއ. ގެމަނަފުށި ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް
  • ގދ. ރަތަފަންދޫގައި ޞިއްޙީ މަރުކަޒު އިމާރާތްކުރުން - ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
  • ބ. ކިހާދޫ ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް
  • މ. ވޭވަށު ޞިއްޙީ މަރުކަޒު އަޕްގްރޭޑްކުރުން - ހައިޑްސް ކޮންޕެނީ ޕްރައިވެޓް ލިމިޓެޑް

ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގައި ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް މިހާރު ވަނީ ފަށައިފައެވެ. އެގޮތުން ކުރީގެ ސަރުކާރުތަކުން ދޫކޮށްލާފައިވާ އެއް ނިޒާމަކީ ޞިއްޙީ ނިޒާމު ކަމަށް ގިނަ ބަޔަކު ފާހަގަކުރާއިރު، އެ ނިޒާމު ރަނގަޅު ކުރުމަށް މި ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ރަށްރަށުގައި ޞިއްޙީ ޚިދުމަތް ދޭ ތަންތަން އިތުރަށް ތަރައްޤީ ކުރުމާއި، އާ ޚިދުމަތްތައް ފެށުމާއި، އެކިއެކި ބޮޑެތި ފަރުވާގެ ބަލިތަކަށް ވެސް ޙައްލު ހޯދައިދިނުމުގެ މަސައްކަތް ހިމެނެއެވެ. އެގޮތުން މި މަޝްރޫޢުތަކަކީ ވެސް، ރައްޔިތުންނަށް ދެވޭ ޞިއްޙީ ޚިދުމަތްތައް ފުޅާކޮށް، އެތަންތަން އިތުރަށް ތަރައްޤީ ކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މުހިންމު ބައެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން