Ads by Stelco

ޚަބަރު

ފުވައްމުލައް ސިޓީގައި މުހިންމު ދެ މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ފުވައްމުލައް ސިޓީގައި މުހިންމު ދެ މަޝްރޫއެއްގެ ޢަމަލީ މަސައްކަތް ފަށައިފި

ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފެށުމުގެ ރަސްމިއްޔާތު ފޮޓޯ: ފަރުދުން

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 06:24

04 ނޮވެމްބަރު 2025، 06:24

ފުވައްމުލައް ސިޓީގައި ހުންނަ ޏ. އަތޮޅު ތަޢުލީމީ މަރުކަޒުގެ އައު އިމާރާތާއި، ފުވައްމުލަކު ސިޓީގެ ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. މި ދެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފުވައްމުލައް ސިޓީއާއި، އައްޑޫ ސިޓީއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ފުވައްމުލައް ސިޓީއަށް ވަޑައިގެން ބޭއްވި ޚާއްސަ ރަސްމިއްޔާތުތަކުގައެވެ.

އަތޮޅު ތައުލީމީ މަރުކަޒުގެ އައު އިމާރާތާއި، ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުތަކުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ. ފުވައްމުލަކު ސިޓީގައި ހުންނަ އަތޮޅު ތަޢުލީމީ މަރުކަޒުގައި އިމާރާތްކުރާ 5 ފަންގިފިލާގެ އައު އިމާރާތާއި، ކުނި މެނޭޖްކުރާ ސެންޓަރުގެ ޢަމަލީ މަސައްކަތް ރަސްމީކޮށް ފަށްޓަވައިދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރުއެވެ. ފުވައްމުލަކު ސިޓީގައި ތަރައްޤީކުރާ ކުނި މެނޭޖްކުރާ ސެންޓަރުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައިވަނީ، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއެވެ.

ރައީސް ޑރ. މުޢިއްޒު ފުވައްމުލަކާއި އައްޑުއަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ، އެމަނިކުފާނުގެ ސަރުކާރުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ފުވައްމުލަކާއި އައްޑު އަތޮޅުގެ ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ގިނަ މަޝްރޫއުތަކެއްގެ ޢަމަލީ މަސައްކަތް ފަށްޓަވައިދެއްވުމަށް ވަނީ ހަމަޖެހިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން