Ads by Stelco

ޚަބަރު

ރައީސް މުޢިއްޒުއަށް ފުވައްމުލަކު ސިޓީއިން އެތައް ސަތޭކަ ބަޔަކު ނިކުމެ ހޫނު މަރުޙަބާއެއް !

ރައީސް މުޢިއްޒުއަށް ފުވައްމުލަކު ސިޓީއިން އެތައް ސަތޭކަ ބަޔަކު ނިކުމެ ހޫނު މަރުޙަބާއެއް !

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

04 ނޮވެމްބަރު 2025، 05:47

04 ނޮވެމްބަރު 2025، 05:47

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ފުވައްމުލަކު ސިޓީއަށް ވަޑައިގެންނެވުމުން، އެތައް ސަތޭކަ ބަޔަކު ވަނީ އެމަނިކުފާނަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. ރައީސް މުޢިއްޒު ފުވައްމުލަކަށް ވަޑައިގަތީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރެއްވުމުގެ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރެއިންނެވެ.

ރައީސުލްޖުމްހޫރިއްޔާ ފުވައްމުލައް ސިޓީއަށް ވަޑައިގެންނެވުމާއެކު، އެސިޓީގެ މުއައްސަސާތަކުގެ އިސްވެރިންނާއި، އެކި އުމުރުފުރާތަކުގެ ގިނަ އަދަދެއްގެ ރައްޔިތުން ވަނީ އެމަނިކުފާނަށް މަރުޙަބާ ދަންނަވާފައެވެ. އެގޮތުން، އެއަރޕޯޓް ސަރަޙައްދުން ފެށިގެން ދިގު ކިއޫއެއް ހަދާފައި، ރައީސް މުޢިއްޒުއަށް މަރުޙަބާ ދެންނެވުމަށް ފުވައްމުލަކުގެ ރައްޔިތުން ތިބި މަންޒަރު ފެނިގެންދިޔައެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ، ފުވައްމުލަކު ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިޔު.ޑީ.ސީ) އާ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާނެއެވެ. މި ބައްދަލުވުންތަކުގައި އެ ސިޓީގެ ތަރައްޤީއަށް ބޭނުންވާ ކަންކަމާއި ރައްޔިތުން އެންމެ އެދޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ރައީސް، އެސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވައި އެ ރައްޔިތުންގެ ޙާލު ބައްލަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ރާއްޖޭގެ ހުރިހާ އަތޮޅަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރައްވައި، ރައްޔިތުންނާ ކައިރިން ބައްދަލުކުރެއްވުމަށް ކުރިއަށްގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ތެރޭގައި ހިމެނިގެން އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންވެސް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން