Ads by Stelco

ޚަބަރު

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ: ސްޓެލްކޯ

މާލެ ސިޓީ--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ނޮވެމްބަރު 2025، 03:18

04 ނޮވެމްބަރު 2025، 03:18

މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށްޓަކައި މާދަމާ، 2025 ނޮވެންބަރު 05 ވާ ބުދަ ދުވަހު މާލޭގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް ވަގުތީ ގޮތުން މެދުކެނޑިދާނެއެވެ.

އެގޮތުން، ކަރަންޓު ކެނޑޭނެކަމަށް ލަފާކުރެވޭ ސަރަޙައްދުތަކުގެ ތެރޭގައި  މާލެ ސިޓީ، ލޮނުޒިޔާރަތް މަގު، ރަތްވިލާ މަގު އަދި ހިތިގަސް މަގު ހިމެނޭ ސަރަޙައްދުތައް ހިމެނެއެވެ. ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މާދަމާ ހެނދުނު 09:30 އާއި 11:30 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މާދަމާ މެންދުރު ފަހު މާލެ ސިޓީ، އިސްކަންދަރު މަގު އަދި ބަޑިފަސްގަނޑު މަގު ހިމެނޭ ސަރަަޙައްދުން ވެސް ކަރަންޓުގެ ޚިދުމަތް ވަޤުތީގޮތުން މެދުކެނޑިގެންދާނެކަމަށް ސްޓެލްކޯއިން ލަފާކުރެއެވެ. އެގޮތުން، ކަރަންޓުގެ ޚިދުމަތް މެދުކެނޑިދާނެކަމަށް ލަފާކުރެވެނީ މާދަމާ މެންދުރުފަހު 14:00 އާއި 16:00 އާއި ދެމެދުގެ ވަގުތެއްގައިކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.

ކަރަންޓުގެ ޚިދުމަތް މެދުކެނޑެނީ، ކުންފުނިން ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް، ޒަމާނީ ކުރުމަށް ކުރިއަށް ގެންދާ މަސައްކަތްތަކުގެ ތެރެއިން ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މިކަމާ ގުޅިގެން ދިމާވެދާނެ ދަތިތަކަށް ކުންފުނިން ވަނީ މާފަށް އެދިފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން