Ads by Stelco

ޚަބަރު

ޖެނީވާގައި ކުރިއަށްދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބައިވެރިވުމަށް ވަޒީރު އިޙްސާން ސްވިޓްޒަލޭންޑަށް!

ޖެނީވާގައި ކުރިއަށްދާ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބައިވެރިވުމަށް ވަޒީރު އިޙްސާން ސްވިޓްޒަލޭންޑަށް!

ވަޒީރު އިޙުސާން/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

04 ނޮވެމްބަރު 2025، 03:04

04 ނޮވެމްބަރު 2025، 03:04

ޖެނީވާގައި ކުރިއަށްދާ 4 ވަނަ ޔުނިވަރސަލް ޕީރިއޮޑިކް ރިވިއުގައި ބައިވެރިވުމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ސްވިޓްޒަލޭންޑަށް ފުރާވަޑައިގެންފިއެވެ.

މިހިނގާ ނޮވެމްބަރު މަހުގެ 5 ވަނަ ދުވަހު ޖެނީވާގައި ކުރިއަށްދާ މި ބައްދަލުވުމުގައި، ވަޒީރު ބައިވެރިވެވަޑައިގެންނެވުމުގެ އެންމެ ބޮޑު އެއް މަޤްޞަދަކީ، ދިވެހިރާއްޖެއިން އިންސާނީ ޙައްޤުތަކުގެ މިންގަނޑު ހިފަހައްޓާ މިންވަރު ހާމަކޮށް، ބައިނަލްއަޤްވާމީ މުއާހަދާތަކަށް އެއްބާރުލުން ދިނުމުގައި ދިވެހިރާއްޖެއިން ކުރާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލެއްވުމެވެ.

މި ބައްދަލުވުމުގައި ދާޚިލީ ވަޒީރު އިޙްސާން، އިންސާނީ ޙައްޤުތަކާއި ކައުންޓަރ ޓެރަރިޒަމާއި އިންސާނީ ވަގުފާރިިއާއި، ހިޖުރަވެރި މަސައްކަތްތެރިންނާއި ގުޅޭގޮތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ހަމަ އެހެންމެ، ކުޑަކުދިންގެ އަދުލު  އަދި އެއްވެ އުޅުމުގެ މިނިވަންކަމާއި ގުޅޭގޮތުން ވެސް ވަޒީރު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.

އެގޮތުން، ވަޒީރު ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 5 ވަނަ ދުވަހުގެ ރާއްޖެގަޑިން 18:30 ގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން