ކުޅިވަރު

މިދިޔަ ސީޒަނަށްފަހު ރެއާލްއަށް ބަދަލުވި އާރނޯލްޑް އަނބުރާ ލިވަޕޫލްއަށް

މިދިޔަ ސީޒަނަށްފަހު ރެއާލްއަށް ބަދަލުވި އާރނޯލްޑް އަނބުރާ ލިވަޕޫލްއަށް

އެލެކްސެންޑަރ އާރނޯލްޑް---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

04 ނޮވެމްބަރު 2025، 09:19

04 ނޮވެމްބަރު 2025، 09:19

ލިވަޕޫލްއާއެކު 20 އަހަރު ހޭދަކުރުމަށްފަހު ސްޕެއިންގެ ރެއާލް މެޑްރިޑަށް ބަދަލުވި އިނގިރޭސި ޑިފެންޑަރު، އެލެކްސެންޓަރ އާރނޯލްޑް އަނބުރާ ލިވަޕޫލަށް ގޮސްފިއެވެ. އޭނާ ލިވަޕޫލަށް ގޮސްފައި މިވަނީ މިރޭ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑާއި ލިވަޕޫލް ބައްދަލުކުރާ މެޗަށެވެ.

އެގޮތުން، ޔޫރަޕްގައި އެންމެ ކާމިޔާބު ތިން ޓީމުގެ ތެރޭގައި ހިމެނޭ ދެ ޓީމެއް ބައްދަލުކުރާ މިރޭގެ މެޗު އެންމެ ޚާއްޞަވާ ކުޅުންތެރިއަކީ ވެސް އާރނޯލްޑެވެ.

އާރނޯލްޑް އެންފީލްޑަށް އައުމާ ގުޅިގެން ލިވަޕޫލްގެ ކޯޗު އާރނޭ ސްލޮޓް ބުނީ، އޭނާއަށް އެންފީލްޑުން މަރުހަބާ ކިޔާނެ ކަމަށާއި، އޭނާއާ މެދު އެއްވެސް ހިތްބުރަކަމެއް ނެތްކަމަށެވެ. 

ލިވަޕޫލްގެ ޔޫތު އެކަޑަމީއިން ފެށިގެން އެ ކުލަބުގެ ވައިސް ކެޕްޓަންގެ މަޤާމާއި ހަމައަށް ދަތުރުކުރި އާރނޯލްޑް ވަނީ ލިވަޕޫލްއާއެކު ދެ ފަހަރެއްގެ މަތިން ޕްރިމިއާރ ލީގު ކާމިޔާބުކޮށްފައެވެ. އަދި އެއް ޗެމްޕިއަންސް ލީގާއި ކުލަބު ވޯލްޑް ކަޕެއްގެ އިތުރުން ވެސް ގިނަ ކާމިޔާބީތަކެއް ލިވަޕޫލްއާއެކު އޭނާ ވަނީ ހޯދާފައެވެ.

ނަމަވެސް ރެއާލް މެޑްރިޑަށް ކުޅެން އޭނާ ނިންމުމުން އެކަން ސަޕޯޓަރުންނަށް ފުރަތަމަ ބަލައި ނުގަނެވުނެވެ. އެގޮތުން އޭނާ ރެއާލްއަށް ބަދަލުވާ ވާހަކަ އަޑުއިވުމާއެކު ގިނަ ސަޕޯޓަރުން ވަނީ އެކަމަށް ފާޑުކިޔާފައެވެ. އެކަން ހުއްޓުނީ ކޯޗާއި ކުޅުންތެރިން އެކަމަށް އެދިގެންނެވެ.

މިކަމާ ގުޅިގެން އާރނޯލްޑް ބުނީ، ކޮންމެ ގޮތަކަށް ކަންތައްތައް ވިޔަސް އޭނާގެ ހިތުގައި ލިވަޕޫލަށް އޮތް ލޯބި ބަދަލެއް ނުވާނެކަމަށެވެ. އަދި އޭނާ އަބަދުވެސް ހުންނާނީ ލިވަޕޫލްގެ ސަޕޯޓަރެއްގެ ގޮތުގައި ކަމަށާއި، އޭނާ އެ ކްލަބު ދޫކޮށްލީ ކްލަބަށް ކާމިޔާބު ހޯދާދީފައި ހަޔާތުގެ އައު ސޮފުހާއަކަށްޓަކައި ކަމަށެވެ.

ލިވަޕޫލްއާ ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ މެންދަމުން އަލިވެ 1 ޖަހާއިރެވެ. މި މެޗަށް ނިކުންނައިރު ކުޅުނު 3 މެޗުން ލިބުނު 9 ޕޮއިންޓާއެކު ރެއާލް އޮތީ 5ވަނައިގައެވެ. އަދި 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު ލިވަޕޫލް އޮތީ 10ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން