Ads by Stelco

ޚަބަރު

ޑޮމިނިކާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ޑޮމިނިކާގެ މިނިވަން ދުވަހުގެ ތަޙުނިޔާ ރާއްޖޭގެ ޚާރިޖީ ވަޒީރު ފޮނުއްވައިފި

ދިވެހިރާއްޖެއާއި ޑޮމިނިކާގެ ދިދަ/ފޮޓޯ: ޝަޓަރސްޓޮކް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

03 ނޮވެމްބަރު 2025، 04:43

03 ނޮވެމްބަރު 2025، 04:43

ޑޮމިނިކާ ރިޕަބްލިކްގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ތަޙުނިޔާ ފޮނުއްވައިފިއެވެ.

ޑޮމިނިކާ ރިޕަބްލިކްގެ މިނިސްޓަރ ފޮރ ފޮރިންގ އެފެއަރސް، އިންޓަރނޭޝަނަލް ބިޒްނަސް، ޓްރޭޑް އެންޑް އެނަރޖީ، ޑރ. ވިންސް ހެންޑަރސަން އަށް އެ ޤައުމުގެ މިނިވަން ދުވަހުގެ މުނާސަބަތާއި ގުޅިގެން ވަޒީރު ފޮނުއްވި ޚާއްޞަ މެސެޖުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ސަރުކާރާއި ރައްޔިތުންގެ ނަމުގަ އާއި ވަޒީރުގެ އަމިއްލަ ނަމުގައި އެ ޤައުމުގެ ޚާރިޖީ ވަޒީރަށާއި، ޑޮމިނިކާގެ ސަރުކާރަށާއި ރައްޔިތުންނަށް، ތަހުނިޔާ އާއި އިޚްލާޞްތެރި ހެޔޮ އެދުންތައް ފޮނުއްވާ ކަމަށެވެ.

ހަމަ އެހެންމެ، ދިވެހިރާއްޖެ އާއި ޑޮމިނިކާ ރިޕަބްލިކް އާއި ދެމެދު ޤާއިމުވެފައިވާ ދެމެހެއްޓެނިވި ގުޅުމާއި އެކުވެރިކަން، ކުރިއަށް އޮތް އަހަރުތަކުގައި ވެސް އިތުރަށް ހަރުދަނާވެ، ދެ ޤައުމުގެ މަސްލަހަތަށް ފައިދާހުރި ގޮތެއްގައި ކުރިއަރައިގެން ދިއުމަށް އުންމީދުކުރައްވާކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

ވަޒީރުގެ މެސެޖު ނިންމަވާލައްވާފައިވަނީ، ޑޮމިނިކާގެ ޚާރިޖީ ވަޒީރަށް ކުރައްވާ މަތިވެރި ޤަދަރު އާކުރައްވާ، އެކަން ޔަޤީންކޮށް އެރުވުމަށްފަހުއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން