Ads by Stelco

ޚަބަރު

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި އަނިޔާ ލިބުނު ދިވެއްސަކު ނިޔާވެއްޖެ

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި އަނިޔާ ލިބުނު ދިވެއްސަކު ނިޔާވެއްޖެ

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ނިޔާވި ޢަލީ އަފްލާޙު---

farudhun logo

ފަރުދުން

03 ނޮވެމްބަރު 2025، 08:44

03 ނޮވެމްބަރު 2025، 08:44

އެމްޕީއެލް ސަރަޙައްދުން ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި އަނިޔާވެގެން ފަރުވާ ދެމުން ދިޔަ ދިވެއްސަކު ނިޔާވެއްޖެއެވެ. 

އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ނިޔާވީ އެމްޕީއެލް މުވައްޒަފެއް ކަމުގައިވާ ގއ. ގެމަނަފުށީ، ޢަލީ އަފްލާޙު ޢަބްދުﷲ، 25، އެވެ. 

އަފްލާޙުއަކީ ހާދިސާއާ ގުޅިގެން ނިޔާވި ދެވަނަ މީހާއެވެ. މި ހާދިސާގައި އިއްޔެ ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ، އުމުރުން 32 އަހަރުގެ މަސްއޫދު ޙުސެއިން ނަމަކަށް ކިޔާ މީހަކު ވެސް ނިޔާވެފައެވެ. އޭނާއަކީ ވެސް އެމްޕީއެލްގެ ވަޒީގައި ހުރި މީހެކެވެ.

މި ހާދިސާގައި ބަންޑުންޖަހާލީ އެމްޕީއެލްއާ ދިމާ ބޭރުގައި އަޅާފައި އޮތް ބޯޓެއްގައި ހުރި އެކްސްކެވޭޓަރުތަކެއް ބޭލުމަށް ކައިރިކޮށްފައި އޮތް "އައި އެންޑް ސީ ހަލީމާ" ނަމަކަށްކިޔާ ލޭންޑިންކްރާފްޓެކެވެ.

އޭރު އެ ލޭންޑިންކްރާފްޓުގައި 14 މީހުން ތިބި ކަމަށް ފުލުހުން ބުންޏެވެ. އޭގެ ތެރޭގައި އެމްޕީއެލްގެ މުވައްޒަފުން ވެސް ހިމެނެއެވެ. އަދި އަނިޔާވެގެން ފަރުވާ ދިނުމަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 2 ދިވެންނާއި 4 ބިދޭސީއެއްކަމަށް ފުލުހުން އިއްޔެ ހާމަކުރިއެވެ. އޭގެތެރެއިން ދިވެއްސަކާއި ބިދޭސީއަކު މިހާރު މިވަނީ ނިޔާވެފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން