Ads by Stelco

ޚަބަރު

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެ

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެ

ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުން---

farudhun logo

ފަރުދުން

02 ނޮވެމްބަރު 2025، 06:23

02 ނޮވެމްބަރު 2025، 06:23

އެމްޕީއެލް ސަރަޙައްދުން ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައިގެން ހިނގި ހިތާމަވެރި ހާދިސާގައި ބިދޭސީއަކު ނިޔާވެއްޖެއެވެ.

މި ހާދިސާގައި ނިޔާވެފައި ވަނީ ބަނގުލަދޭޝްއަށް ނިސްބަތްވާ، އުމުރުން 32 އަހަރުގެ މަސްއޫދު ޙުސެއިންއެވެ.

ލޭންޑިން ކްރާފްޓް ބަންޑުންޖަހާލި ވަގުތު އޭގައި 14 މީހަކު ތިއްބެވެ. އަދި ނިޔާވި މަސްއޫދަކީ މި ހާދިސާގައި ބޮޑެތި އަނިޔާތަކެއް ލިބިގެން ފަރުވާ ދެމުންދިޔަ މީހެކެވެ. 

ބަންޑުން ޖަހާލި ވަގުތު ލޭންޑިން ކްރާފްޓްގައި ތިބި އެއްމެންވެސް ފެނިފައިވާކަމަށް، މި ސަރަޙައްދުގައި ހަރަކާތްތެރިވާ ކަމާގުޅޭ އިދާރާތަކުން ވަނީ ހާމަކޮށްފައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، އެމްޕީއެލް ބަނދަރު ސަރަޙައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ދަނީ ހަރަކާތްތެރިވަމުންނެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 15:44 ގައެވެ.

ނިޔާވި ބިދޭސީ މިހާގެ އިތުރުން ވެސް 5 މީހަކަށް އަންނަނީ ހޮސްޕިޓަލުގައި ފަރުވާ ދެމުންނެވެ. އޭގެތެރޭގައި ހިމެނެނީ 2 ދިވެހިންނާއި 3 ބިދޭސީންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން