ޚަބަރު
އެމްޕީއެލް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައިފި
އެމްއެންޑީއެފުން ޙަރަކާތްތެރިވަނީ/ފޮޓޯ: އެމްއެންޑީއެފް
އެމްޕީއެލް ބަނދަރު ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލައިފި އެވެ.
މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، އެމްޕީއެލް ބަނދަރު ސަރަޙައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މި ޙާދިސާގައި 3 މީހަކަށް އަނިޔާވެގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަކަމަށް ފުލުހުން ވިދާޅުވެއެވެ. ފުލުހުން ވިދާޅުވީ މި ޙާދިސާގެ މަޢުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 15:44 ގައިކަމަށެވެ.
މި ޙާދިސާ ހިނގި އިރު، ބަންޑުންޖަހާލި ލޭންޑިންކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެ މީހާ ހޯދުމުގެމަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން، އެމީހާ މިހާރުވަނީ ނަގާފައެވެ.
މިހާތަނަށް އެނގުނު ގޮތުގައި ޖުމްލަ 14 މީހަކު ކޮޅުވެއްޓީގައި ތިބިކަމަށާއި އެއެންމެން ފެނިފައި ވާކަމަށް މައުލޫމާތު ލިބެއެވެ. އަދި ފުލުހުން މައުލޫމާތުދެއްވި ގޮތުގައި މިޚާދިސާގައި 6 މީހަކަށް އަނިޔާވެގެން އައިޖީއެމްއެޗްގައި ދަނީ ފަރުވާދެމުންނެވެ. އޭގެތެރޭގައި ހިމެނެނީ 4 ދިވެހިންނާއި 2 ބިދޭސީންނެވެ. ހޮސްޕިޓަލްއަށް ގެންދެވުނު މީހުންގެ ތެރެއިން ބިދޭސީއަކަށް ވަނީ ބޮޑެތި އަނިޔާތައް ލިބި އެމީހާގެ ހާލުސީރިއަސްކަމަށް ފުލުހުން މައުލޫމާތުދީފައެވެ.
މިޙާދިސާގައި މީހަކު ނިޔާވެފައިވާކަމެއް މިހާތަނަށް ފުލުހުންނަށް ޔަގީންކުރެވިފައެއް ނުވެއެވެ.
ޙާދިސާ ހިނގި ސަރަޚައްދުގައި ފުލުހުންއަންނީ މިހާރު ހަރަކާތްތެރިވަމުންނެވެ.