Ads by Stelco

ޚަބަރު

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްޞަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތަޢާރަފުކޮށްފި

އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްޞަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތަޢާރަފުކޮށްފި

ރަސްމިއްޔާތުގެ ތެރެއިން/ފޮޓޯ: އެމްޓީސީސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

02 ނޮވެމްބަރު 2025، 01:47

02 ނޮވެމްބަރު 2025، 01:47

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕްނީ، އެމްޓީސީސީއާއި ޔަންމާ ގުޅިގެން ރާއްޖެއަށް ޚާއްޞަ އާރްއެސްޑަބްލިޔު ސިސްޓަމެއް ތަޢާރަފުކޮށްފި އެވެ.

މިކަމަށްޓަކައި ގދ. މަޑަވެލީގައި ޚާއްޞަ ރަސްމިޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާރު ޝަރަފްވެރިކޮށްދެއްވީ މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމެވެ. މި ރަސްމިއްޔާތުގައި ޔަންމާ އޭޝިއާ ސިންގަޕޫރު ކޯޕަރޭޝަން ލިމިޓެޑްގެ މެނޭޖިންގ ޑައިރެކްޓަރ، ޖެކްސަން ޓާން އާއި، އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރ، ޑީސީޕީ (ރިޓަޔަރޑް) އަޙުމަދު ސަޢުދީ އާއި، މަޑަވެލީ ކައުންސިލް ރައީސްއާއި މެންބަރުން، އަދި ސަރުކާރު އިދާރާތަކުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި، އާރްއެސްޑަބްލިޔު ނިޒާމު އެންމެ ފުރަތަމަ ހަރުކުރި މަސްވެރި އުޅަނދު 'ކަމަނަ އޮޑި' ގެ ވެރިފަރާތް، އަލްފާޟިލް ޞޯދިޤް ހަސަނަށް ވަނީ ހަނދާނީ ފިލައެއް އަރުވާފައެވެ. އެމްޓީސީސީއާއި ޔަންމާ ގުޅިގެން ތަޢާރަފުކުރި މި ނިޒާމަކީ ދިވެހިރާއްޖޭގެ މަސްދޯނިފަހަރާއި ދިވެހި ކަނޑުފަޅަށް ޚާއްޞަކޮށްގެން މިގޮތަށް ތަޢާރަފުކުރި ފުރަތަމަ ނިޒާމެވެ. ހަމަ އެހެންމެ، މިއީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް އުފައްދާފައިވާ، ތިމާވެއްޓާ ރައްޓެހި އުފެއްދުމެއްކަމަށް އެމްޓީސީސީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، ލޮނުފެން ފިނިކޮށްދިނުމަށް މި އުފެއްދުމުގައި ބޭނުންކުރާ ސީއޯ2 ރެފްރިޖަރަންޓަކީ ތިމާވެއްޓާ ރައްޓެހި ކެމިކަލައް ކަމަށާއި، އާރްއެސްޑަބްލިޔު ނިޒާމު އުޅަނދުތަކުގައި ހަރުކުރުމުން، އެކަމުން މަސްވެރީންނަށް އެތައް ފައިދާތަކެއް ކުރާނެކަމަށް އެމްޓީސީސީން ވިދާޅުވެއެވެ. އެގޮތުން، އައިސް ނުލިބިގެން އުޅޭކަށް ނުޖެހޭނެ ކަމަށާއި، އުޅަނދު ހިންގަން ކުރާ ޚަރަދު ކުޑަކުރެވި، އިސްރާފު މަދުވެގެންދާނެކަމަށް އެ ކުންފުނިން މަޢުލޫމާތުދެއެވެ. އަދި މަސް ފިނިކޮށްދީ މަހުގެ ތާޒާކަން ހިފަހައްޓައިދޭ މި ނިޒާމުގެ ސަބަބުން މަހަށް ހަމަ އަގު ލިބި މަސްވެރިންގެ އާމްދަނީ ވެސް އިތުރުވެގެންދާނެ އެވެ.

އެމްޓީސީސީން އިތުރަށް ވިދާޅުވީ، އާރްއެސްޑަބްލިޔު ނިޒާމެއް ތަޢާރަފުކުރުމަކީ ބޮޑު ޚަރަދެއް ހިނގާ ކަމަކަށްވާއިރު، މި މަޝްރޫޢު އެންމެ ފުރިހަމަ ގޮތުގައި ކުރިއަށް ގެންދިއުމަށް ބޭނުންވާ ބޭރު ފައިސާ ދިވެހި ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށެވެ. ހަމަ އެހެންމެ، މި ނިޒާމު ބޭނުންވާ ފަރާތްތަކަށް ޚާއްޞަ ފައިނޭންސިން ސްކީމެއް މިދިޔަ އަހަރު އިފްތިތާޙުކޮށްފައިވާއިރު، އެ ސްކީމުގެ ދަށުން އާރްއެސްޑަބްލިޔު ޔުނިޓް، ޖެނެރޭޓަރު، އަދި ސޯލާރ ޕެނަލް ހަރުކުރަން ބޭނުންވާ ފަރާތްތަކަށް އެސްޑީއެފްސީ މެދުވެރިކޮށް ލޯނު ލިބޭނެ އިންތިޒާމު ދިވެހި ސަރުކާރުން ހަމަޖައްސަވައިދެއްވާފައިވާ ކަމަށް އެމްޓީސީސީން މަޢުލޫމާތުދެއެވެ.

ޔަންމާއާއި ދިވެހިރާއްޖޭގެ ގުޅުމަށް 50 އަހަރު ވެފައިވާއިރު، ޔަންމާ އަކީ ދިވެހި މަސްވެރިން އެންމެ ޔަޤީންކަމާއެކު އިތުބާރުކުރާ ބްރޭންޑެވެ. ވޭތުވެދިޔަ އަހަރުތަކުގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބޭނުންވާ ދެމެހެއްޓެނިވި މެރިން ޓެކްނޮލޮޖީ ގެނައުމަށްޓަކައި އެމްޓީސީސީއާއި ޔަންމާ ގުޅިގެން ފާހަގަކޮށްލެވޭ ގިނަ މަސައްކަތްތަކެއް ވަނީ ކުރިއަށް ގެންގޮސްފައެވެ.

އާރްއެސްޑަބްލިޔު ނިޒާމު އުފައްދައި، މަސްވެރި އުޅަނދުތަކުގައި ހަރުކުރުމަކީ ޔަންމާއިން އެމްޓީސީސީއާ ގުޅިގެން މުޅިން އަލަށް ފެށި ވަރަށް ޚާއްޞަ މަސައްކަތެކެވެ. މި ނިޒާމު ފަރުމާ ކުރީ ޔަންމާއިންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން