ކުޅިވަރު

ދިވެހި ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ލިބޭ އެޓޯލް ޗެމްޕިއަންޝިޕް ފަށައިފި

ދިވެހި ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ލިބޭ އެޓޯލް ޗެމްޕިއަންޝިޕް ފަށައިފި

ކުޅުދުއްފުއްޓާއި ނެއްލައިދޫ ބައްދަލުކުރި މެޗު / ފޮޓޯ: އެފްއޭއެމް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

02 ނޮވެމްބަރު 2025، 07:52

02 ނޮވެމްބަރު 2025، 07:52

ދިރާގު ދިވެހި ލީގަށް ޕްރޮމޯޓުވުމުގެ ފުރުސަތު ލިބޭ ބީއެމްއެލް އެޓޯލް ޗެމްޕިއަންޝިޕް 2025/26 ފަށައިފިއެވެ.

ބައެއް އަތޮޅުތަކުގެ މެޗުތައް ކުޅޭނެ ވަކި ރަށެއް މިހާތަނަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ކަނޑައަޅާފައިވާއިރު، މުބާރާތް ފަށާފައި ވަނީ ހދ. އަތޮޅުގެ މެޗަކުންނެވެ. ކުޅުދުއްފުށި ސިޓީގައި މި އަތޮޅުގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވާއިރު، ފުރަތަމަ މެޗުގައި ކުޅުދުއްފުއްޓާއި ދެކޮޅަށް ނިކުތީ ނެއްލައިދޫއާ ދެކޮޅަށެވެ. މި މެޗު 4-2އިން ކާމިޔާބުކުރީ ކުޅުދުއްފުއްޓެވެ.

މި މެޗުގައި ފުރަތަމަ ހާފުގައި ކާމިޔާބުކުރި ތިން ގޯލާއި، ފަހު ހާފުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކުރި ގޯލަކާއެކު ކުޅުދުއްފުށިން ބޮޑު ލީޑެއް ނެގިއެވެ. ނަމަވެސް ދެވަނަ ހާފުގެ 5 މިނެޓު ކުޅެވުނު ފަހުން ނެއްލައިދޫއިން ގޯލެއް ކާމިޔާބުކުރިއެވެ. އަދި މެޗު ނިމެން 9 މިނެޓަށް ވެފައިވަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ދެވަނަ ގޯލު ވަނި ކާމިޔާބުކޮށްފައެވެ.

މި އަތޮޅުން މުބާރާތުގައި 4 ޓީމަށް ވާދަކުރެއެވެ. އެއީ ކުޅުދުއްފުއްޓާއި ނެއްލައިދޫގެ އިތުރުން، ނޮޅިވަރަމް އާއި ހަނިމާދޫއެވެ.

މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އެފްއޭއެމްގެ ރައީސް އާއި އެ އެސޯސިއޭޝަންގެ ހިންގާ ކޮމެޓީގެ މެންބަރުން އަދި ކުޅުދުއްފުށި ސިޓީގެ ބައެއް އިސްބޭފުޅުން / ފޮޓޯ: އެފްއޭއެމް

އަތޮޅުގެ ރަށްތަކުގެ މެދުގައި ކުޅޭ މެޗުތައް ކުޅުމަށްފަހު ދެން އޮންނާނީ ޒޯން ބުރުގެ މެޗުތަކެވެ. އެފްއޭއެމްއިން މި މުބާރާތް ކުރިޔަށް ގެންދަނީ 4 ޒޯނަކަށް ބަހާލައިގެންނެވެ. އެގޮތުން ނޯރތު ރީޖަންގައި ހިމެނެނީ ހއ. ހދ. ށ، ނ، ރ، ބ އަދި ޅ އަތޮޅެވެ. އަދި ސެންޓްރަލް ރީޖަންގައި ހިމެނެނީ ކ، އއ، އދ، ވ، މ، ފ އަދި ދ އަތޮޅެވެ. ސައުތު ރީޖަންގައި ތ، ލ، ގއ، ގދ، ތިނަދޫ، ފުވައްމުލައް ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭއިރު، ދެން އޮންނާނީ މާލެ ރީޖަންއެވެ. އެއީ ދެވަނަ ޑިވިޝަނުގެ ކްލަބުތަކާއި ތިންވަނަ ޑިވިޝަނުގެ ކުލަބުތަކެވެ.

މި ސީޒަނުން ފެށިގެން، ދިހަ ޓީމާ އެކު ކުޅޭ ދިވެހި ޕްރިމިއާ ލީގު، ލީގުގެ ގަދަ ހަ ޓީމަކަށް 2026/2027 ގެ ލީގުން ޖާގަ ކަށަވަރުވާއިރު، ފުލަށް ދާ ދެ ޓީމެއް، ރީޖަނަލް ލީގުގެ މާލެ ލީގަށް (މިހާރުގެ ސެކަންޑް ޑިވިޝަނަށް) އޮޓޮމެޓިކުން ރެލިގޭޓްވާނެއެވެ. އަދި، ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ކުޅޭނީ މާލެ ލީގުގެ ކޮލިފިކޭޝަން ބުރުގައެވެ.

ޕްރިމިއާރ ލީގުގެ ކޮލިފިކޭޝަނުގައި ކުޅޭނީ، ޕްރިމިއާ ލީގުގެ ހަތް ވަނަ އާއި އަށް ވަނަ ޓީމާއި، ނޯރތު ލީގު، ސެންޓްރަލް ލީގު، ސައުތު ލީގު އަދި މާލެ ލީގު (ދެ ވަނަ ޑިވިޝަން)ގެ ޗެމްޕިއަން، ހިމެނޭ ގޮތަށް ޖުމްލަ ހަ ޓީމުގެ މެދުގަ އެވެ. މީގެ ތެރެއިން، ގަދަ ހަތަރު ޓީމެއް، 2026/2027 ގެ ދިވެހި ލީގަށް ކޮލިފައިވާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން