Ads by Stelco

ޚަބަރު

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ޕްރޮގްރާމުގެ ބައިވެރިން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

31 އޮކްޓޯބަރު 2025، 03:05

31 އޮކްޓޯބަރު 2025، 03:05

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން ކުރަމަތި އައިލެންޑް ރިސޯޓް މުވައްޒަފުންނަށް މަޢުލޫމާތު ދިނުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

މެރިން ޕޮލިހުން ކުރިއަށްގެންދިޔަ މި ޕްރޮގްރާމްގައި މަޢުލޫމާތު ދީފައިވަނީ އެ ރިސޯޓުގެ ކަނޑު އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށާއި، ވޯޓަރ ސްޕޯޓްސްއާއި، ޑައިވަރުންނާއި، ސެކިއުރިޓީންގެ ގޮތުގައި ޙަރަކާތްތެރިވާ މުވައްޒަފުންނަށެވެ. އެގޮތުން މި ފަރާތްތައް ހިމެނޭހެން މި ޕްރޮގްރާމްގައި، އެ ރިސޯޓުގެ ޖުމްލަ 35 މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމުގައި، ކަނޑު އުޅަނދުފަހަރަށް މީހުންނާއި މުދާ އެރުވުމުގައި ސަމާލުކަންދޭންޖެހޭ ކަންކަމާއި ދަތުރަށް ފުރުމުގެ ކުރިން ބަލަންޖެހޭ ކަންކަމާ ގުޅޭގޮތުން މުވައްޒަފުންނަށް މަޢުލޫމާތު ދީފައިވެއެވެ. ހަމަ އެހެންމެ، ކަނޑުމަތީގައި އުޅޭއިރު ސަލާމަތާއި ރައްކާތެރިކަން ކަށަަވަރުކުރުމަށް މަސައްކަތްކުރާނެ ގޮތްތަކާއި ކަނޑުމަތީގައި ޙާދިސާއެއް ދިމާވެއްޖެނަމަ ޢަމަލުކުރާނެ ގޮތްތައް ޕްރޮގްރާމުގެ ބައިވެރިންނަށް ކިޔައިދީފައިވެއެވެ.

މީގެ އިތުރުން، ކަނޑު ދަތުރުފަތުރުގެ ޤާނޫނާއި ޤަވާއިދުތަކާ ގުޅޭގޮތުން ވެސް ބައިވެރިންނަށް ވަނީ މަޢުލޫމާތު ދީފައެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތްދޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމާއި ކަނޑުމަތީގައި ހިނގާ ހާދިސާތައް މަދުކުރުމަށް ފަތުރުވެރިންނަށް ވެސް މައުޢުލޫމާތު ދިނުމަށް މެރިން ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން