ކުޅިވަރު

ކޯޗު ނުހިމަނައި، ކްލަބާއި ކުޅުންތެރިންގެ ކިބައިން ވިނީސިއަސް މައާފަށް އެދިއްޖެ

ކޯޗު ނުހިމަނައި، ކްލަބާއި ކުޅުންތެރިންގެ ކިބައިން ވިނީސިއަސް މައާފަށް އެދިއްޖެ

އެލް ކްލެސިކޯގައި ވިނީސިއަސް ބަދަލުކުރުމުން އޭނާ ވަނީ ހިތްހަމަ ނުޖެހިފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

30 އޮކްޓޯބަރު 2025، 08:28

30 އޮކްޓޯބަރު 2025، 08:28

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ބްރެޒިލްގެ ހުނަރުވެރި ފޯވާރޑް، ވިނީސިއަސް ޖޫނިއަރ އޭނާގެ ކްލަބާއި، ކުޅުންތެރިންގެ ކިބައިން މަޢާފަށް އެދިއްޖެއެވެ. ނަމަވެސް، ކޯޗު ޒަބީ އަލޮންސޯއަށް މަޢާފަށް އެދުނު ކަމެއް އޭނާގެ މެސެޖުގައި ހާމަކޮށްފައެއް ނުވެއެވެ.

ވިނީސިއަސް މައާފަށް އެދިފައި މިވަނީ، އެލް ކްލެސިކޯ މެޗުގައި ބާސެލޯނާ އާއި ދެކޮޅަށް ރެއާލް މެޑްރިޑް މިދިޔަ އާދީއްތަ ދުވަހު ކުޅުނު މެޗުގެ ފަހު ހާފުގައި އޭނާ ބަދަލުކުރުމާއި ގުޅިގެން އޭނާގެ ފަރާތުން ފެނުނު ހިތްހަމަ ނުޖެހުމުގެ ކަންތައްތަކުގެ ސަބަބުންނެވެ.

އެ މެޗުގެ 71ވަނަ މިނެޓުގައި އަލޮންސޯ ވަނީ ވިނީސިއަސްގެ ބަދަލުގައި ރޮޑްރީގޯ ކުޅެން ނެރެފައެވެ. މިކަމާ ގުޅިގެން ހިންހަމަ ނުޖެހި ހުރެ އަލޮންސޯއާ މުއާމަލާތް ކުރަމުން ބެންޗަށް ދިއުމުގެ ބަދަލުގައި އޭނާ ދިޔައީ ޗޭންޖިން ރޫމްއާ ދިމާލަށެވެ. ނަމަވެސް، ވަގުތު ކޮޅަކަށްފަހު އޭނާ ވަނީ ބެންޗަށް ނިކުމެފައެވެ.

"އެކްސް"ގައި ވިނީސިއަސް ޙިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ، ކްލެސިކޯގައި އޭނާ ބަދަލުކުރުމުން އޭނާގެ ފަރާތުން ފެނުނު ކަންތައްތަކަށް މަޢާފަށް އެދޭ ކަމަށެވެ. އަދި އިއްޔެގެ ފަރިތަކުރުންތަކުގައި ޓީމުގެ ކުޅުންތެރިންގެ ކިބައިން މައާފަށް އެދިފައިވާ ފަދައިން، ކުޅުންތެރިންނާއި، ކްލަބާއި އަދި ކްލަބުގެ ރައީސްގެ ކިބައިން މަޢާފަށް އެދޭކަމަށް އޭނާ ވަނީ ބުނެފައެވެ. 

ވިނިޝިއަސް އިތުރަށް ބުނެފައިވަނީ، އޭނާގެ ފަރާތުން އެފަދަ އަމަލުތަކެއް ފެނިގެން ގޮސްފައިވަނީ، އޭނާއަކީ އަބަދުވެސް މޮޅުވާން ބޭނުންވާ ކުޅުންތެރިއެއް ކަމުންނާއި އަދި އޭނާގެ ފަރާތުން ޓީމަށް އެހީތެރިކަން ފޯރުކޮށްދޭން ބޭނުންވެފައިވާ މިންވަރު ބޮޑު ކަމުން ކަމަށެވެ.

އަދި އެންމެ ފުރަތަމަ ދުވަހެކޭ އެއްގޮތަށް، ކުލަބަށް އެންމެ ފައިދާވާގޮތަށް ބުރަ މަސައްކަތް ކުރުމުގައި ދެމިހުންނާނެކަމަށް އޭނާ ވަނީ ހާމަކޮށްފައެވެ.

ވިނީޝިއަސް އާއި އެކު ރަގަޅު ގުޅުމެއް ނޯންނަކަމަށް ސްޕެއިންގެ ބައެއް މީޑިޔާތަކުން ހާމަކޮށްފައިވާ ގޮތުގައި މެޑްރިޑްގެ ކޯޗެއްގެ މަޤާމަށް އަލޮންސޯ އައިފަހުން، ވިނީސިއަސްއާ ދެމެދު އޮންނަ ގުޅުން އެހާ ރަނގަޅެއް ނޫނެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން