Ads by Stelco

ޚަބަރު

އޮސްޓްރޭލިއާއިން ކަސްޓަމްސްއަށް ޑްރޯންތަކެއް ހަދިޔާކޮށްފި

އޮސްޓްރޭލިއާއިން ކަސްޓަމްސްއަށް ޑްރޯންތަކެއް ހަދިޔާކޮށްފި

އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން ކަސްޓަމްސްއަށް ޑްރޯންތަކެއް ހަދިޔާކުރުން / ފޮޓޯ: ކަސްޓަމްސް

farudhun logo

ފަރުދުން

28 އޮކްޓޯބަރު 2025، 06:52

28 އޮކްޓޯބަރު 2025، 06:52

އޮސްޓްރޭލިޔަން ބޯޑަރ ފޯސްއިން މޯލްޑިވްސް ކަސްޓަމްސް ސާރވިސަސްއަށް ސާރވައިލެމްސް ޑްރޯންތަކެއް ހަދިޔާކޮށްފިއެވެ.

މި ޑްރޯންތައް ކަސްޓަމްސްއަށް ހަވާލުކޮށްފައި ވަނީ، ކަސްޓަމްސްގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ޑްރޯންތައް ކަސްޓަމްސްއާ ހަވާލުކޮށްދެއްވާފައި ވަނީ އޮސްޓްރޭލިޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑޭވިޑް ޖެސަޕްއެވެ. އަދި ކަސްޓަމްސްގެ ފަރާތުން މިތަކެއްޗާއި ހަވާލުވެވަޑައިގަތީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް، ފާތިމަތު ދިޔާނާއެވެ.

އޮސްޓްރޭލިއާއިން ހަދިޔާކުރި ޑްރޯންއެއް / ފޮޓޯ: ކަސްޓަމްސް


ޑްރޯންތައް ހަދިޔާކުރެއްވުމާ ގުޅިގެން ސީޖީ ދިޔާނާ ވަނީ އޮސްޓްރޭލިޔާގެ ސަރުކާރާއި އެ ޤައުމުގެ ބޯޑަރ ފޯސްއަށް ޝުކުރު އަދާކުރައްވާފައެވެ.

އަދި މި އެހީއާއެކު ބޯޑަރ އެންފޯސްމަންޓްގެ މަސައްކަތާއި، ޕޯޓްތައް ބެލެހެއްޓުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެކަން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން