ޚަބަރު
ނައިފަރުގައި 300 ހައުސިންގ ޔުނިޓް އެޅުމަށް އެޗްޑީސީއާއި އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި
ނައިފަރުގައި 300 ހައުސިންގ ޔުނިޓް އެޅުމަށް އެއްބަސްވުމުގައި ސޮއިކުރެވުން
ނައިފަރުގައި 300 ހައުސިންގ ޔުނިޓް އެޅުމަށް ހައުސިންގ ޑިވަލޮޕްމެންޓް ކޯޕަރޭޝަނާއެކު އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާބެހޭ ވުޒާރާއާއި އެކު ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ ރައީސް ޑރ މުޙައްމަދު މުޢިއްޒު ފާދިއްޕޮޅަށް ކުރެއްވެވި ދަތުރުފުޅުގެ ތެރެއިން ނައިފަރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިންނެވެ.
ނައިފަރުގެ ބޯހިޔާވަހިކަމަށް ދިމާވެފައިވާ ދަތިތަކަށް ޙައްލު ގެނައުމާގުޅޭ ވާހަކަތައް ދައްކަވަމުން ރައީސް ޑރ މުޢިއްޒު ވިދާޅުވީ ރިޔާސީ އިންތިޚާބުގައި ނައިފަރުގައި 400 ހައުސިން ޔުނިޓު އަޅައިދޭނެކަމަށް ވަޢުދުވެފައި ވާނޭކަމަށާއި، އެގޮތުން ރޭ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެ ހަވާލުކުރެވިގެން ދިޔައީ އޭގެ ތެރެއިން 300 ހައުސިން ޔުނިޓުގެ މަސައްކަތް ކަމަށެވެ.
ޅ. ނައިފަރުގައި ބޯހިޔާވަހިކަމުގެ މަޝްރޫއެއް ހިންގުމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާއެކު އެޗްޑީސީންވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
— Housing Development Corporation (@hdcmaldives) October 28, 2025
މި އެއްބަސްވުމުގެ ދަށުން މިރަށުގައި 300 ހައުސިންގ ޔުނިޓް ތަރައްގީ ކުރެވިގެންދާނެ#WithHDC… pic.twitter.com/adZRo5gsXT
އަދި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އިތުރު 100 ހައުސިން ޔުނިޓުގެ މަސައްކަތް ބަޔަކާ ހަވާލުކުރައްވައި، ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވާނެކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.
އަދި އެއަށްފަހު ވިދާޅުވީ، 2027ވަނަ އަހަރު އިތުރު 400 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފައްޓަވާނެ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، މި ދައުރުގެ ތެރޭގައި އެ ހައުސިން ޔުނިޓުތަކުގެ ދެބައިކުޅަ އެއްބައިގެ މަސައްކަތް ނިންމާލެވޭނެކަމަށް ޤަބޫލުފުޅު ކުރައްވާ ކަމަށެވެ.