ޚަބަރު
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލެ--
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓު ކެނޑިއްޖެ އެވެ.
މިކަމާއި ގުޅިގެން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯ އިން ވިދާޅުވީ ދިމާވި ޓެކްނިކަލް މައްސަލައަކާއި ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ބައެއް ސަރަޙައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ.
ހަމަ އެހެންމެ، ދިމާވެފައިވާ މައްސަލަ ދެނެގަނެ، ވީ އެންމެ އަވަހަކަށް އެ މައްސަލަ ޙައްލުކޮށް، ކަރަންޓުގެ ޚިދުމަތް އަލުން ދިނުމުގެ މަސައްކަތްތައް ކުރެވެމުންދާކަމަށް ސްޓެލްކޯއިން މަޢުލޫމާތުދެއެވެ.
ކަރަންޓު ދިޔުމުގެ ސަބަބުން ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދިފައެވެ.