Ads by Stelco

ޚަބަރު

އެއަރޕޯޓުން ވައްކަންކުރި ކަމަށް ޝައްކުވާ ހަތަރު މީހުންނާއި އެކަމަށް ބޭނުންކުރި ލޯންޗު ހޯދައިފި

އެއަރޕޯޓުން ވައްކަންކުރި ކަމަށް ޝައްކުވާ ހަތަރު މީހުންނާއި އެކަމަށް ބޭނުންކުރި ލޯންޗު ހޯދައިފި

ވެލާނާ އިންޓަރނެޝަނަލް އެއަރޕޯޓުގެ އާޓަރމިނަލް: ފޮޓޯ- ދަ ޕްރެސް

farudhun logo

ފަރުދުން

27 އޮކްޓޯބަރު 2025، 02:02

27 އޮކްޓޯބަރު 2025، 02:02

އެއާޕޯޓުން ގިނަ އަދަދެއްގެ ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތް މައްސަލައިގަ ފޭރެން ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އިޙްސާން ވިދާޅުވީ، ފައިސާ ހުރި ސޫޓް ކޭސް ފޭރިގަތް މައްސަލައިގަ ފޭރެން ބޭނުންކުރި ސްޕީޑްލޯންޗު ހޯދައި، 4 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހަމަ އެއާއެކު، ފުލުހުން މިކަމުގައި ކޮށްފައިވާ މަސައްކަތް ފާހަގަކުރާ ކަމަށާއި، ކުށްވެރިން ހައްޔަރުކުރުމަށް އެޅި ފިޔަވަޅުތަކަށް ޝުކުރު އަދާކުރާކަމުގައެވެ.



މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންނާއި، އެމީހުންގެ ބެލުމުގެ ދަށަށް ގެނެވުނު ލޯންޗާ ގުޅޭ އިތުރު ތަފްސީލުތައް ފުލުހުން އަދި ހާމަކޮށްފައި ނުވެއެވެ. މި މައްސަލަ މިހާރުވެސް ފުލުހުން ދަނީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓް ޓާމިނަލް އެކަކަށް ވަންނަން ދިޔަ ބޭންކެއްގެ 2 މުވައްޒިފެއްގެ އަތުން ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގަތުމުގެ މައްސަލަ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ފަތިހު 4:25 ހާއިރުއެވެ. މިކަމުގައި ބައިވެރިވި ފަރާތްތައް ތިބީ މޫނު ނިވާކޮށްގެންނެވެ. ސޫޓު ކޭހުގައި ހުރި ފައިސާގެ އަދަދެއް ފުލުހުންވެސް އަދި ބޭންކުންވެސް އަދި ހާމަކޮށްފައެއް ނުވެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން