Ads by Stelco

ޚަބަރު

ޚިދުމަތްތައް ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއެކު ހުޅުމާލެ ހޮސްޕިޓަލުން އެއްބަސްވުމަކަށް

ޚިދުމަތްތައް ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއެކު ހުޅުމާލެ ހޮސްޕިޓަލުން އެއްބަސްވުމަކަށް

ޚިދުމަތްތައް ކުރިއެރުވުމަށް ޗައިނާގެ ކުންފުންޏަކާއެކު ސޮއިކުރުން / ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

26 އޮކްޓޯބަރު 2025، 08:22

26 އޮކްޓޯބަރު 2025، 08:22

ޚިދުމަތްތައް ކުރިއެރުވުމުގެ ގޮތުން ޗައިނާގެ ކުންފުންޏަކާއެކު ހުޅުމާލެ ހޮސްޕިޓަލުން އެއްބަސްވުމަކަށް އައިސްފިއެވެ.

މައިންނާއި ކުޑަކުދިންގެ ސިއްޙަތާ ގުޅޭ ކަންކަމުގައި ޚިދުމަތްތައް ކުރިއެރުވުމުގެ ގޮތުން ހުޅުމާލޭ ހޮސްޕިޓަލުން ސޮއިކޮށްފައި ވަނީ ޗައިނާގެ ޗެންގްޑޫ މެޓަރނަލް އެންޑް ޗައިލްޑް ހެލްތު އެސޯސިއޭޝަނާއެވެ.

މި އެއްބަސްވުމުގައި ހުޅުމާލެ ހޮސްޕިޓަލްގެ ފަރާތުން ސޮއިކުރައްވާފައި ވަނީ މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމްސީޖީއެޗް)ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމްއެވެ.

މި އެއްބަސްވުމަށްފަހު ސިޒުއާން-މޯލްޑިވްސް މެޓަރނަލް އެންޑް ޗައިލްޑް ހެލްތު ޑޮކްޓަރސް ޓްރެއިނިން އެންޑް އެކްސްޗޭންޖު ޕްރޮގްރާމް ވަނީ ރަސްމީކޮށްފަށާފައެވެ. 

ސިޒުއާން-މޯލްޑިވްސް މެޓަރނަލް އެންޑް ޗައިލްޑް ހެލްތު ޑޮކްޓަރސް ޓްރެއިނިން އެންޑް އެކްސްޗޭންޖު ޕްރޮގްރާމް ރަސްމީކޮށް ފެށުން / ފޮޓޯ: ހުޅުމާލެ ހޮސްޕިޓަލް

މި ޕްރޮގްރާމް ރަސްމީކޮށް ފައްޓަވާދެއްވީ އެމްސީޖީއެޗްގެ ސީއީއޯ އިބްރާޙިމް އަބްދުއްރައްޒާޤު އާއި ޗައިނާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ހިޒް އެކްސެލެންސީ ކޮންގ ޒިންހުއާއެވެ. 

މިއަދު ސޮއިކުރެވިގެން ދިޔަ މި އެއްބަސްވުމާއެކު މައިންނާއި ކުޑަކުދިންގެ ޞިއްޙަތުގެ ދާއިރާއިން މަޢުލޫމާތު ބަދަލުކުރުމާއި، ޕްރޮފެޝަނަލް ތަމްރީނާއި، ދިރާސާ އާއި ސިޔާސަތު އެކުލަވާލުމާއި އަދި އާންމު ޞިއްޙަތު ކުރިއެރުވުމަށް މަސައްކަތްކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މި އެއްބަސްވުމާ ގުޅިގެން ހުޅުމާލެ ހޮސްޕިޓަލުން ހާމަކޮށްފައިވާ ގޮތުގައި، މިއީ ދިވެހިރާއްޖެ އާއި ޗައިނާގެ މެދުގައި އޮތް އެކުވެރިކަމާއި ޞިއްޙީ އެއްބާރުލުމުގެ ގުޅުން އިތުރަށް ހަރުދަނާކުރުވިގެންދާނެ އެއްބަސްވުމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން