Ads by Stelco

ޚަބަރު

ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޟާ އިސްތިއުފާދެއްވައިފި

ޖޭއެސްސީގެ ރައީސްކަމާއި މެންބަރުކަމުން ރިޟާ އިސްތިއުފާދެއްވައިފި

ޢަލީ ރިޟާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2025، 03:26

26 އޮކްޓޯބަރު 2025، 03:26

ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސްކަމާއި މެންބަރުކަމުން ޙުސައިން ރިޟާ އާދަމް އިސްތިއުފާދެއްވައިފިއެވެ. 

ރިޟާ އިސްތިއުފާ ދެއްވިކަން ޖޭއެސްސީން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އެ ކޮމިޝަނަށް ރައްޔިތުންގެ މަޖިލީހުން އައްޔަންކުރައްވާފައިވާ މެންބަރުގެ ގޮތުގައި ހުންނެވި ރިޟާއަކީ މާފުށި ދާއިރާގެ މެންބަރެވެ. ނަމަވެސް އިސްތިއުފާ ދެއްވި ވަކި ސަބަބެއް ޖޭއެސްސީއަށް ހާމަކުރައްވާފައިނުވާކަމަށް އެ ކޮމިޝަނުން ވިދާޅުވެފައިވެއެވެ.

މިކަމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެމުން ޖޭއެސްސީން ބުނެފައިވަނީ، ކޮމިޝަންގެ މެންބަރުކަމާއި ރައީސްކަމުން ރިޟާ އިސްތިއުފާދެއްވައިފައިވާކަމަށެވެ. އެކަމުގެ ލިޔެކިޔުންތައް ޖޭއެސްސީއަށް ހުށަހަޅުއްވާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ބުނެފައިިވެއެވެ. ރިޟާ އިސްތިއުފާ ދެއްވުމުން، މިހާރު ޖޭއެސްސީގެ ރައީސާ އެއް މެންބަރުގެ ގޮނޑި ހުސްވީއެވެ.

ޙުސައިން ރިޟާ ޖޭއެސްސީގެ މެންބަރުކަމަށް އައްޔަންކުރެއްވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 4 ވަނަ ދުވަހުއެވެ. އެއީ ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް ކަނޑައަޅާ މެންބަރުގެ ގޮތުގައެވެ. އޭނާ ޖޭއެސްސީގެ ރައީސްކަމަށް އިންތިޚާބުކުރެއްވީ އޭގެ އަށް ދުވަސް ފަހުން، އެ މަހުގެ 12 ވަަނަ ދުވަހުއެވެ. އޭރުއްސުރެ މިހާތަނަށް އޭނާ ވަނީ ޖޭއެސްސީގެ މައިގަނޑު މަސައްކަތްތަކުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ.

ޖޭއެސްސީ އަކީ ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާގެ މަސައްކަތްތައް ބަލާ، ފަނޑިޔާރުންގެ ކަންކަން ހިންގުމާއި، އެކަމާ ގުޅޭ ޤާނޫނީ މައްސަލަތައް ބަލަހައްޓާ މުއައްސަސާއެކެވެ. ޖޭއެސްސީގައި ޖުމުލަ ތިއްބަވަނީ 10 މެންބަރުންނެވެ. ރައީސްކަމާއި މެންބަރުކަމުން ރިޟާ އިސްތިއުފާދެއްވުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުން ޖޭއެސްސީއަށް އަލަށް މެންބަރެއް އައްޔަންކުރަން ޖެހިއްޖެއެވެ.

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ ދަށުން، ކޮމިޝަންގެ މެންބަރުކަމުގެ މަޤާމެއް ހުސްވާތާ 30 ދުވަހުގެ ތެރޭގައި އެ މީހަކު ކޮމިޝަނަށް ޢައްޔަންކުރި ފަރާތުން އެ މަޤާމަށް މީހަކު އަލުން ޢައްޔަންކުރަންޖެހެއެވެ. 

 

Ads by MSS

މި ލިޔުން ކިޔާލުމުން