Ads by Stelco

ޚަބަރު

ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމަށް ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއު ނަގަން ފަށަނީ

ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމަށް ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއު ނަގަން ފަށަނީ

އިސްރަށްވެހިން ފޮޓޯ: ކުޅުދުއްފުށީ.ކޮމް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2025، 11:12

20 އޮކްޓޯބަރު 2025، 11:12

ދިރާސީ ބޭނުމަށްޓަކައި ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނެގުމުގެ މަސައްކަތް އަންނަ މަހު ފެށޭނެކަމަށް ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހިމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މަޖިލީހުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އާދަމް ނަޞީރު ވިދާޅުވީ، ރާއްޖޭގެ ތާރީޚީ މަޢުލޫމާތު އެއްކުރުމުގެ ގޮތުން ޢުމުރުން ދުވަސްވީ މީހުންގެ އިންޓަވިއުތައް ނަގައި ވާހަކަތައް އެއްކުރުމުގެ މަސައްކަތާ ގުޅޭގޮތުން މިހާތަނަށް 70 ކައުންސިލަކާ ބައްދަލުކުރައްވާފައިވާ ކަމަށެވެ. އަދި އެ މަސައްކަތް ކުރިއަށްދާނެ ގޮތުގެ މަޢުލޫމާތު ކައުންސިލްތަކާ ހިއްސާކޮށްފައިވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މި މަސައްކަތުގެ ޢަމަލީ ފެށުން އަންނަ މަހު ފެށޭނެކަން ހާމަކުރައްވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން 50 އަހަރުން މަތީގެ މީހުންގެ ތާރީޚީ ވާހަކަތައް އެއްކުރެވި ރައްކާކުރެވޭނެކަމަށެވެ.

މި މަސައްކަތުގެ ބޭނުމަކީ ޢިލްމީ ތާރީޚީ ދިރާސާތައްކުރުމަށްޓަކައި ބޭނުންވާ މަޢުލޫމާތު އެއްކުރުން. ރާއްޖޭގެ އެކި ހިސާބުތަކުން މަޢުލޫމާތު އެއްކުރެވޭނެ

ވަޒީރު 

ވަޒީރުގެ ވާހަކަފުޅުގައި، ތަރިކައިގެ ދާއިރާގެ ސަރުކާރުގެ ސިޔާސަތަށްވެސް އަލިއަޅުވާލެއްވިއެވެ. އެގޮތުން، ތަރިކައިގެ ދާއިރާގެ ތަކެތި ރައްކާތެރިކޮށް، މަރާމާތުކޮށް ބެލެހެއްޓުމުގެ އިތުރުން ތަރިކައިން އާމްދަނީ ހޯދުމަށް މި ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވާކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މިކަމަށްޓަކައި، ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަށް ތަރިކަ ހުންނަ ސަރަހައްދުތައް ތަރައްޤީކުރުމުގެ މަސައްކަތްތަކެއް ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.



ތަރިކައިން އާމްދަނީ ހޯދުމުގެ ސިޔާސަތުގެ ދަށުން، ހއ. އަތޮޅުގައި ހުރި ތަރިކަތައް ހިމާޔަތްކޮށް އެ ތަރިކަތަކުން އާމްދަނީ ހޯދުމުގެ ޚާއްސަ މަޝްރޫޢު މިހާރު ވަނީ ފަށްޓަވާފައެވެ. އެގޮތުން، ތަރިކަތައް ރައްކާތެރިކަމާއެކު ފަތުރުވެރިން ޝައުޤުވެރިވާނެ ގޮތަކަށް ހުށައެޅުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރައްވަމުންނެވެ. މީގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ތަރިކަތައް ބެލެހެއްޓުމުގެ މަގުފަހިވާނެއެވެ. "ޣާރީ ދަރުންގެ އަސަރުތައް ޙިމާޔަތްކުރުން" މި ނަމުން ނަން ދީފައިވާ މި މަޝްރޫޢުގެ ތެރެއިން، ޕޯޗުގީޒުންގެ ކިބައިން ރާއްޖެ މިނިވަންކޮށްދެއްވި ބަޠަލު މުޙައްމަދު ތަކުރުފާނާ ގުޅިފައިވާ އެތައް ތަރިކައެއް ޙިމާޔަތްކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން