Ads by Stelco

ޚަބަރު

ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމަށް އެމްޓީސީސީއާ ހަވާލުކޮށްފި

ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތުގައި ސޮއިކުރުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2025، 06:48

13 އޮކްޓޯބަރު 2025، 06:48

ށ. ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އާ ހަވާލުކޮށްފިއެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު މިލަދުންމަޑުލު އުތުރުބުރިއަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން، އެ ރަށަށް ކުރެއްވެވި ޒިޔާރަތުގައެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ، އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

ގޮއިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ، ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައުދީއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ގޮއިދޫއަށް ކުރެއްވެވި ޒިޔާރަތުގައި، އެ ރަށުގެ ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރާއި، ފުލުހުންގެ މަރުކަޒު އިމާރާތް ކުރުމުގެ ޢަމަލީ މަސައްކަތް ވެސް ވަނީ ފައްޓަވާފައެވެ. 

މީގެ އިތުރުން، ގޮއިދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ވަނީ އާރުޑީސީއާ ހަވާލުކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން