ކުޅިވަރު

ފުރަތަމަ ހާފު ޖެހި ގޯލުތަކުން، ތަޖިކިސްތާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި

ފުރަތަމަ ހާފު ޖެހި ގޯލުތަކުން، ތަޖިކިސްތާނުން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި

ތަޖިކިސްތާން އާއި ރާއްޖެ ބައްދަލުކުރި މެޗު---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2025، 09:54

09 އޮކްޓޯބަރު 2025، 09:54

އޭއެފްސީ އޭޝިއަން ކަޕް ކޮލިފައިންގައި، ފުރަތަމަ ހާފު ޖެހި ގޯލުތަކާއެކު ތަޖިކިސްތާނުން ރާއްޖޭގެ މައްޗަށް 2-0އިން ކުރިހޯދައިފިއެވެ.

ތަޖިކިސްތާނުގައި ކުޅުނު މި މެޗުގައި އެ ޓީމުން ލީޑު ނެގީ މެޗުގެ 8ވަނަ މިނެޓުގައި ޝަހްރޯމް ސަމިއޭވް ކާމިޔާބުކުރި ގޯލަކުންނެވެ. އަދި އެއަށްފަހު މެޗުގެ 30ވަނަ މިނެޓުގައި ޝެރްވޯނީ މަބަޝޯވް ކާމިޔާބުކުރި ގޯލަކުން ލީޑު ފުޅާކުރިއެވެ.

ރާއްޖެ ކޮޅަށް ވަތް ދެވަނަ ގޯލަކީ، އަރިމަތިން ނެގި ހުރަހެއް ކީޕަރު މުޙައްމަދު ފައިސަލް ހިފަން ފުންމައިގަތުމުން އަތުގައި ޖެހިފައި ބޯޅަ ދޫވުމުން ލިބުނު ހުސް ބޯޅަ އަކުން ޖެހި ގޯލެކެވެ. 

ރާއްޖޭގެ ޓީމުން ގޯލު ޖަހަން އެންމެ ރަގަޅު ފުރުސަތެއް ލިބުނީ ބަދަލު ކުޅުންތެރިޔާ ހަސަން ރާއިފް (ހަންނަ) އަށެވެ. މެޗުގެ އިތުރު ވަގުތުގައި ހުސްކޮށް ލިބުނު ބޯޅަ ތަޖިކިސްތާނުގެ ޕެނަލްޓީ އޭރިޔާ ތެރެއަށް ހިފައިގެން ވަދެ ހަންނަ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

މި މެޗުން ބަލިވުމުން ރާއްޖެ އޮތީ ހަތަރު ޓީމު ހިމެނޭ ގްރޫޕުގައި ޕޮއިންޓެއް ނުލިބި ޓޭބަލުގެ ފުލުގައެވެ. އެއްވަނާގައިވަނީ މި މެޗުގެ ތިން ޕޮއިންޓާއެކު ޖުމުލަ ހަތް ޕޮއިންޓް ލިބިގެން ތަޖިކިސްތާނެވެ.

މި ދެ ޓީމު އަންނަ ހަފުތާގައި ރާއްޖޭގައި ކުޅެން ޖެހޭ މެޗަށް ނުކުންނާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން