ދުނިޔެ

ޤައުމީ މަޝްވަރާއަށް ތާއީދުކުރަން، ޣައްޒާ ހިންގުމުގައި ބައިވެރިއެއް ނުވާނަން: ޙަމާސްގެ ތަރުޖަމާނު

ޤައުމީ މަޝްވަރާއަށް ތާއީދުކުރަން، ޣައްޒާ ހިންގުމުގައި ބައިވެރިއެއް ނުވާނަން: ޙަމާސްގެ ތަރުޖަމާނު

ޙަމާސްގެ ސްޕޯކްސްޕާސަން ހާޒިމް ޤާސިމް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2025، 07:05

09 އޮކްޓޯބަރު 2025، 07:05

ޣައްޒާއަށް ދެކޮޅަށް ކުރަމުންދާ ހަނގުރާމަ ނިމުމަކަށް ގެނެސް، ބަންދުގައި ތިބި މީހުން ދޫކޮށްލުމަށް ވެވުނު އެއްބަސްވުމާ ގުޅިގެން، ފަލަސްތީނުގެ މިނިވަން ދައުލަތެއް ހިންގުމަށް ޤައުމީ އޮނިގަނޑެއް އުފެއްދުމަށް އިއުތިރާޒެއް ނުކުރާކަމަށް ޙަމާސް އިސްލާމިކް ރެސިސްޓަންސް މޫވްމަންޓްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވިދާޅުވެއްޖެއެވެ.

އަލްޖަޒީރާއަށް ބުރާސްފަތި ދުވަހު ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ، ފަލަސްތީނުގެ މުޤާވަމާ (ރެސިސްޓަންސް) ހިންގުމަށް އެންމެންގެ ބައިވެރިވުމާއެކު ޤައުމީ މަޝްވަރާއެއް ބޭއްވުމަށް ޙަމާސްއިން ތާއީދުކުރާ ކަމަށެވެ. ނަމަވެސް މުޤާވަމާގެ ހަތިޔާރަކީ ފަލަސްޠީނު ރައްޔިތުން ދިފާއުކުރުމަށާއި ފަލަސްތީނުގެ ނިންމުންތަކުގެ މިނިވަންކަން ކަށަވަރުކުރުމަށް ޝަރުޢީގޮތުން ލިބިދީފައިވާ އެއްޗެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ޕްލޭންގައި ހިމެނޭ ޙަމާސްގެ ހަތިޔާރު ބެހެއްޓުމާ ގުޅޭގޮތުން ޤާސިމް ވިދާޅުވީ، ހަނގުރާމަ ހުއްޓުވުމަށް މެދުވެރިންނާއެކު މަޝްވަރާކުރަމުންދާ ކަންކަން ހުރި ނަމަވެސް، އެއީ ހަތިޔާރު ދޫކޮށްލުމުގެ އަސާސްގެ މަތިން ކުރަމުންދާ މަޝްވަރާތަކެއް ނޫން ކަމުގައެވެ.

އަދި ޙަމާސްއިން ޣައްޒާ ހިންގުމުގައި ބައިވެރިއެއް ނުވާނެ ކަމަށާއި، މިކަމުގައި ބޭނުންވާ ހުރިހާ ލުއިފަސޭހަކަމެއް ދޭން ތައްޔާރަށް ތިބި ކަމަށް އޭނާ ވިދާޅުވިއެވެ. "އަޅުގަނޑުމެންގެ ރައްޔިތުންނާ ދޭތެރޭ އޮތް ޤައުމީ، އަޚްލާގީ އަދި ސިޔާސީ ޒިންމާގެ ދަށުން" އެއްބަސްވުން ކާމިޔާބުކުރުމަށް ޙަމާސްއިން ތައްޔާރަށް ތިބި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއްބަސްވުމުގެ ފުރަތަމަ މަރުހަލާ ކުރިއަށްދާނެ ކަމަށް ލަފާކުރެވެނީ ކުރިއަށް އޮތް ދުވަސްތަކުގައެވެ. އިސްރާއީލުގެ ސަރުކާރުން މިއަދު ހަވީރު 5:00 ގައި ބާއްވާ ބައްދަލުވުމުގައި އެއްބަސްވުމަށް ތަސްދީޤުކުރުމަށްފަހު، އާދީއްތަ ނުވަތަ ހޯމަ ދުވަހުގެ ނިޔަލަށް ޣައްޒާގައި ހިފަހައްޓާފައި ތިބި އިސްރާއީލްގެ އަސީރުން  ދޫކޮށްލެވޭނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން