ދުނިޔެ

ޣައްޒާގައި ހިންގަމުންދާ ޤަޠުލްޢާންމު ހުއްޓުމަކަށް ގެނައުމަށް ވެވުނު އެއްބަސްވުމަށް ފަލަސްޠީނުގެ ރައީސް ޢައްބާސް މަރުޙަބާ ވިދާޅުވެއްޖެ

ޣައްޒާގައި ހިންގަމުންދާ ޤަޠުލްޢާންމު ހުއްޓުމަކަށް ގެނައުމަށް ވެވުނު އެއްބަސްވުމަށް ފަލަސްޠީނުގެ ރައީސް ޢައްބާސް މަރުޙަބާ ވިދާޅުވެއްޖެ

ފަލަސްޠީނުގެ ރައީސް މަޙްމޫދް ޢައްބާސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

09 އޮކްޓޯބަރު 2025، 04:19

09 އޮކްޓޯބަރު 2025، 04:19

ހުލާސާ


ޣައްޒާގައި ހިނގަމުންދާ ޤަޠުލްޢާންމު ހުއްޓުވުމަށް ވެވުނު އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާއަށް ފަލަސްތީނުގެ ރައީސް މަޙްމޫދު ޢައްބާސް މަރުޙަބާ ދަންނަވައިފިއެވެ.

 މި އެއްބަސްވުމަކީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމުގެ ނަތީޖާއެއް ކަމަށް މުޤާވަމާގެ ޖަމާއަތްތަކުން ބުނެފައިވެއެވެ.

ރައީސް ޢައްބާސް ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ޣައްޒާގެ ސިޔާދަތަކީ ފަލަސްތީނު ދައުލަތުގެ ސިޔާދަތެއް ކަމަށާއި، ހުޅަނގު އައްސޭރިއާއި ގުޅުވުމަށް ފަލަސްތީނުގެ ސެކިއުރިޓީ ބާރުތަކާއި ޢަރަބި އަދި ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާނެ ކަމަށެވެ. އަދި މި އެއްބަސްވުމަކީ އިސްރާއީލްގެ ޚިޞާރު ނިމުމަކަށް ގެނެސް ފަލަސްތީނު ދައުލަތެއް ޤާއިމުކުރުމަށް މަގުފަހިވާނެ ކަމެއްގެ އުއްމީދު ފާޅުކުރައްވާފައިވެއެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް އަދި ބައިނަލްއަޤްވާމީ މެދުވެރިންގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވަމުން، އެއްބަސްވުން ކާމިޔާބުކުރުމަށް އެހީތެރިވެދޭން ތައްޔާރަށް ހުންނެވި ކަމަށް ޢައްބާސް ވިދާޅުވިއެވެ. އެއްބަސްވުމުގައިވާ ކަންކަން ވަގުތުން ތަންފީޒުކޮށް، ހުރިހާ ހައްޔަރުކުރެވިފައިވާ މީހުން ދޫކޮށް، އދ މެދުވެރިކޮށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް އެދިވަޑައިގެންފައިވެއެވެ.

ފަލަސްތީނުގެ މުޤާވަމާ ޖަމާއަތްތަކުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިޞްރާއި ޤަތަރު އަދި ތުރުކީވިލާތުގެ މެދުވެރިކަމާއެކު ވެވުނު މި އެއްބަސްވުމަކީ ފަލަސްތީނު ރައްޔިތުންގެ ސާބިތުކަމުގެ ނަތީޖާއެއް ކަމަށެވެ. އަދި ހިޞާރު ނިމުމަކަށް ގެނައުމާއި، އެހީ ފޯރުކޮށްދިނުމާއި، އަލުން އިމާރާތްކުރުމާއި، ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުމަކީ އެމީހުންގެ އިސް އަމާޒުތައް ކަމުގައި ފާހަގަކޮށްފައިވެއެވެ.

ބުރާސްފަތި ދުވަހުގެ ފަތިހު ޓްރަމްޕް އިއުލާންކުރެއްވި ގޮތުގައި އިސްރާއީލާއި ހަމާސް މި އެއްބަސްވުމުގެ ފުރަތަމަ މަރުހަލާއަށް އެއްބަސްވެފައިވާ ކަމަށާއި، ހަނގުރާމަ ހުއްޓާލުން ތަންފީޒުކުރަން ފަށާނެ ތާރީޚެއް އަދި ކަނޑައެޅިފައި ނުވި ނަމަވެސް، ހައްޔަރުކުރެވިފައިވާ މީހުން ބަދަލުކުރުން އަންނަ ހޯމަ ދުވަހުގެ ކުރިން ފެށޭނެ ކަމަށް ލަފާކުރެވެއެވެ.

 

 

 

Ads by MSS

މި ލިޔުން ކިޔާލުމުން