ޚަބަރު
ޕީކް ސީޒަނަށް ތައްޔާރުވުމަށް ވ.ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖެންސެޓެއް ގެންދެވި ކޮމިޝަންކުރުމުގެ މަސައްކަތް ފަށައިފި

ވ.ފުލިދޫއަށް ގެންދެވުނު 400 ކިލޯވޮޓުގެ ޖެންސެޓް
ރާއްޖޭގެ ކަރަންޓުގެ ޚިދުމަތްދޭ އެންމެ ބޮޑު ކުންފުނި ކަމަށްވާ ސްޓެލްކޯ (ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް) އިން، ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން، ވ. ފުލިދޫގެ ކަރަންޓުގެ ޚިދުމަތް އިތުރަށް ހަރުދަނާކޮށްފިއެވެ. މިކަމުގެ ތެރެއިން 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ވަނީ ފުލިދޫއަށް ގެންގޮސް، މިހާރު ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައެވެ. މި މައުލޫމާތު ސްޓެލްކޯއިން ވަނީ އެ ކުންފުނީގެ އެކްސް އެކައުންޓް މެދުވެރިކޮށް ހާމަކޮށްފައެވެ.
ޕީކް ސީޒަނަށް ތައްޔާރުވުމަށް މި ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ވ.ފުލިދޫއަށް 400 ކިލޯވޮޓުގެ އިތުރު ޖަނަރޭޓަރު ސެޓެއް ގެންދެވި މިހާރު ވަނީ ކޮމިޝަންކުރުމުގެ މަސައްކަތް ފަށާފައި. މިއާއިއެކު ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުކުރެވި،… pic.twitter.com/vaNDIjPksN
— STELCO (@STELCOMALDIVES) October 9, 2025
މި އިތުރު ޖަނަރޭޓަރު ސެޓާއެކު، ފުލިދޫގެ ޖެނެރޭޝަން ކެޕޭސިޓީ 940 ކިލޯވޮޓްއިން 1340 ކިލޯވޮޓަށް އިތުރުވެގެންދާނެއެވެ. މިއީ ރަށުގައި ދެމުންދާ ކަރަންޓުގެ ޚިދުމަތުގެ ޔަޤީންކަން އިތުރަށް ކަށަވަރުކުރުމަށްޓަކައި ސްޓެލްކޯއިން ކުރިއަށް ގެންދާ މުހިންމު މަސައްކަތެކެވެ.
ފުލިދޫގެ ރައްޔިތުންނަށް މިކަމުގެ ސަބަބުން ކަރަންޓުގެ ޚިދުމަތް ލިބޭ މިންވަރު ހަރުދަނާވެ، އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސްޓެލްކޯއިން ބުނެއެވެ. ޕީކް ސީޒަނުގައި ކަރަންޓަށް އޮންނަ ބޭނުންތެރިކަން އިތުރުވާތީ، މިފަދަ މަސައްކަތްތައް ކުރިއަށް ގެންދަނީ، އެއްވެސް ދަތިކަމެއް ނެތި ޚިދުމަތް ދެމެހެއްޓުމަށެވެ.