Ads by Stelco

ޚަބަރު

ދުވަސް ނުފުރާ ވިހާ ކުދިންނަށް އައިޖީއެމްއެޗްގައި ރެޓީނާ ލޭޒާ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފި

ދުވަސް ނުފުރާ ވިހާ ކުދިންނަށް އައިޖީއެމްއެޗްގައި ރެޓީނާ ލޭޒާ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފި

ޓްރީޓްމަންޓްގެ ޚިދުމަތް ފެށުން--

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

09 އޮކްޓޯބަރު 2025، 01:07

09 އޮކްޓޯބަރު 2025، 01:07

ދުވަސް ނުފުރާ ވިހާ ކުދިންނަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ރެޓީނާ ލޭޒާ ޓްރީޓްމަންޓްގެ ޚިދުމަތް ދޭން ފަށައިފިއެވެ.

މި ޚިދުމަތް އައިޖީއެމްއެޗްގައި ފަށާފައިވާކަން އިޢުލާނުކޮށް، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ، އިބްރާހީމް އަބްދުއްރައްޒާގު ހަލީމް ވަނީ "އެކްސް" ގައި ޕޯސްޓެއް ހިއްސާކުރައްވާފައެވެ.

ހަލީމް ވިދާޅުވީ، އައިޖީއެމްއެޗްގައި މިއަދުން ފެށިގެން ދުވަސް ނުފުރާ ވިހާ ކުދިންނަށް ރެޓީނާ ލޭޒަރ ޓްރީޓްމަންޓް ގެ ޚިދުމަތްދޭން ފެށިގެން ދިޔުމަކީ ނުހަނު އުފާވެރި ކަމެއް ކަމަށެވެ. ހަމަ އެހެންމެ، މިއީ މިއީ އެންމެ ނާޒުކު ތުއްތު ކުދިން ކަމުގައިވާ ދުވަސްނުފުރާ ވިހާ ކުދިންގެ ފެނުމުގެ ބާރު ރައްކާތެރިކުރުމަށްޓަކައި ދެވޭ ޚާއްޞަ ފަރުވާއެއްކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މި ޚިދުމަތް ރާއްޖެއިން ދެވެން ފެށުމާއެކު މިފަދަ ކުދިންނަށް ފަރުވާ ލަސްނުވެ ދިނުމުގެ ފުރުޞަތު މިވަނީ ފަހިވެގެން ގޮސްފައި.

މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން ހަލީމް ވަނީ، އައިޖީއެމްއެޗް ގެ އޮޕްތަލްމޮލޮޖީ ޑިޕާޓްމަންޓުގެ ޑޮކްޓަރުންނާއި ނަރުހުންނަށް މަރުޙަބާއާއި ޝުކުރު ދަންނަވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން