Ads by Stelco

ޚަބަރު

މީހަކު ރަހީނުކޮށް ބަރަހަނާކުރުމަށްފަހު އޭނާ އަތުން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް ބަރަހަނާކުރުމަށްފަހު އޭނާ އަތުން ފައިސާ ފޭރުނު ދެ މީހަކު ހައްޔަރުކޮށްފި

ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި ދެ މީހުން---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 އޮކްޓޯބަރު 2025، 09:18

09 އޮކްޓޯބަރު 2025، 09:18

މީހަކު ރަހީނުކޮށް ބަރަހަނާކުރުމަށްފަހު އޭނާ އަތުން ފައިސާ ފޭރުނު ދެ މީހަކު ދިވެހި ފުލުހުންގެ ޚިދުމަތުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، އެ މީހުން ވަނީ، އޭނާ ރަހީނުކުރުމަށްފަހު ތޫނު އެއްޗަކުން ބިރު ދައްކާފައެވެ. 

ސެޕްޓެންބަރު މަހުގެ 1ވަނަ ދުވަހުގެރޭ ވަގުތެއްގައި ހިނގި މި ހާދިސާގައި އެ މީހާ ރަހީނުކޮށްގެން ގެންގޮސްފައިވަނީ ހުޅުމާލޭގައި ހުންނަ އެޕާޓްމެންޓެއްގެ ތެރެއަށެވެ. 

އަދި އެއަށްފަހު، އޭނާއަށް ބިރުދައްކާ މާރާމާރީ ހިންގުމަށްފަހު، އޭނާ ބަރަހަނާކޮށް، ފޮޓޯ އާއި ވީޑިއޯ ނަގައި ފޯނާއި ފައިސާ ހޯދުމަށްފަހު އިތުރަށް ފައިސާ ހޯދަން  މަސައްކަތްކުރިކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ. 

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ ހއ. ފިއްލަދޫ / ސީރީންމަންޒިލް، މުޙައްމަދު ޟަމީރު (29އ) އާއި ގދ. ނަޑެއްލާ / ހިތަށްފިނިވާގެ، ޝަހުމީން ރަޝީދު (27އ) އެވެ.

މި ދެ މީހުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން އޮކްޓޫބަރު 4ވަނަ ދުވަހު، ހުޅުމާލެއިންނެވެ. 

މި މައްސަލައާ ގުޅިގެން އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން،  ޝަހުމީން ރަޝީދު ޝަރީއަތުން ގޮތެއް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ. އަދި މުޙައްމަދު ޟަމީރުއަށް ވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން