ކުޅިވަރު

މި ސީޒަނަށްފަހު ޖޯޑީ އަލްބާ ކުޅުން ހުއްޓާލާނެކަމަށް އިޢުލާންކޮށްފި

މި ސީޒަނަށްފަހު ޖޯޑީ އަލްބާ ކުޅުން ހުއްޓާލާނެކަމަށް އިޢުލާންކޮށްފި

މިހާރު އެމްއެލްއެސްގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ އަލްބާ---

farudhun logo

ފަރުދުން

09 އޮކްޓޯބަރު 2025، 06:16

09 އޮކްޓޯބަރު 2025، 06:16

އެމެރިކާގެ މޭޖަރ ލީގު ސޮކާރ (އެމްއެލްއެސް)ގެ އިންޓަ މަޔާމީއަށް ކުޅެމުން އަންނަ، ސްޕެއިން އާއި ބާސެލޯނާގެ ކުރީގެ ޑިފެންޑަރ ޖޯޑީ އަލްބާ މި ސީޒަނަށްފަހު ޕްރޮފެޝަނަލް ލެވެލްގައި ކުޅުން ހުއްޓާލުމަށް ނިންމާފައިވާކަން އިޢުލާންކޮށްފިއެވެ.

އަލްބާގެ މި ނިންމުން އިޢުލާންކޮށްފައި މިވަނީ، އޭނާއާއެކު ބާސެލޯނާއަށާއި ސްޕެއިންގެ ޤައުމީ ޓީމަށް ގިނަ މެޗުތަކެއް ކުޅެފައިވާ ސާރޖިއޯ ބުސްކެޓްސްގެ ރިޓަޔަރމެންޓް އިޢުލާންކުރިތާ ދެ ދުވަސް ފަހުންނެވެ. ބުސްކެޓްސް ނިންމާފައި ވަނީ އެމްއެލްއެސް ކަޕްގެ ޕްލޭއޮފަށްފަހު ކުޅުން ހުއްޓާލުމަށެވެ.

އުމުރުން 36 އަހަރުގެ ޖޯޑީ އަލްބާ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައިވާ ވީޑިއޯ އެއްގައި ބުނެފައިވަނީ އޭނާގެ ހަޔާތުގެ އެންމެ މުހިންމު ނިންމުން ނިންމަންޖެހޭ ވަގުތު އަތުވެއްޖެ ކަމުގައެވެ.

އަހަރެން ވަނީ މިހާރު ކުރިއަށްދާ މޭޖަރ ލީގުގެ ކުޅުން ނިމުމާއިއެކު ޕްރޮފެޝަނަލް ފުޓްބޯޅަ ކުޅުން ހުއްޓާލަން ނިންމާފައި. އަދި މިއީ އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ކަމުގައި އަހަރެން ދެކެނީ.

ޖޯޑީ އަލްބާ ބުންޏެވެ.

2023 ވަނަ އަހަރު ސްޕެއިން އަށް ކުޅުން ހުއްޓާލާފައިވާ ޖޯޑީ އަލްބާ ވަނީ ސްޕެއިންގެ ގައުމީ ޓީމަށް 93 މެޗު ކުޅެދީފައެވެ. އަދި ސްޕެއިންއިން 2012 ވަނަ އަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކާމިޔާބުކުރި ޓީމުގައި ޖޯޑީ އަލްބާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން