Ads by Stelco

ޚަބަރު

ބައިލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުނުތާ މަދު ވަޤުތުކޮޅެއްގެ ތެރޭގައި ފުލުހުން އެ ފައިސާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ބައިލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުނުތާ މަދު ވަޤުތުކޮޅެއްގެ ތެރޭގައި ފުލުހުން އެ ފައިސާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފި

ފައިސާ ހަވާލުކުރުމަށް ފަހު/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޮކްޓޯބަރު 2025، 09:37

07 އޮކްޓޯބަރު 2025، 09:37

ބައިލައްކައަށް ވުރެ ގިނަ ފައިސާ ގެއްލުނުތާ މަދު ވަޤުތުކޮޅެއްގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތުން އެ ފައިސާ ހޯދައި ވެރިފަރާތާ ހަވާލުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، ބައިލައްކައަށް ވުރެ ގިނަ ފައިސާ ހުރި ފޮއްޓެއް ގެއްލިގެން ފުލުހުންނަށް މައްސަލަ ރިޕޯޓްކުރިތާ ގިނައިރުތަކެއް ނުވެ ގެއްލުނު ފައިސާތައް ހޯދައި ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ.

އިއްޔެގެ މެންދުރުގެ ވަގުތެއްގައި ފުލުހުންނަށް ހުށަހެޅުނު މި މައްސަލާގައި ގެއްލިފައިވަނީ ރިސޯޓެއްގެ ސްޓާފް ޝޮޕްގެ ސެޕްޓެމްބަރު މަހުގެ ސޭލްސް ފައިސާކަމަށްވާ 53،000 ރުފިޔާ ހުރި ފޮއްޓެކެވެ. މި ފޮށި ގެއްލިފައިވަނީ  އެ ރިސޯޓުން މާލެ އައި ލޯންޗު ނަސަންދުރަ ކައިރިއަށް ފައިސާތަކާއެކު ފޮށި ބާލާފައިވަނިކޮށެވެ. މި މައްސަލަ ހޭންވޭރު ޕޮލިސް ސްޓޭޝަނަށް ހުށަހެޅުމާއެކު، ފޮށި ހޯދުމަށް ސީސީޓީވީ ކެމެރާ ފުޓޭޖްތައް ބަލައި، ކުރި މަސައްކަތުން މައްސަލަ ހުށަހެޅުނުތާ 30 މިނިޓެއް ހާއިރުތެރޭގައި ވަނީ އެ ފޮށި ހޯދާފައެވެ.  މި ފޮށި ފެނިފައިވަނީ އެހެން ލޯންޗަކަށް އަރުވާފައިވަނިކޮށެވެ.

މި ފައިސާތައް މިހާރުވަނީ އޭގެ ވެރިފަރާތާ ހަވާލުކޮށްފައިކަމަށް ފުލުހުން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން