Ads by Stelco

ޚަބަރު

4 ކުޑަކުއްޖަކު އެކްސްޕްލޮއިޓްކުރި ބަޔަކު ހައްޔަރުކޮށްފި، މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް

4 ކުޑަކުއްޖަކު އެކްސްޕްލޮއިޓްކުރި ބަޔަކު ހައްޔަރުކޮށްފި، މަސްތުވާތަކެއްޗަށް ވެސް ޕޮޒިޓިވް

ހައްޔަރުކުރި މީހުން/ފޮޓޯ: ފުލުހުން

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

07 އޮކްޓޯބަރު 2025، 02:53

07 އޮކްޓޯބަރު 2025، 02:53

4 ކުޑަކުއްޖަކު އެކްސްޕްލޮއިޓްކޮށް، މަސްތުވާތަކެތި ގެންގުޅެމުން ދިޔަ ބަޔަކު ދިވެހި ފުލުހުންގެ ޚިދުމަތުން މިމަހުގެ 6 ވަނަ ދުވަހުގެ ހެނދުނު މާލެއިން ހައްޔަރުކޮށްފި އެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ، މ. އެތުމާ/މާލެ، ޢަލީ އަޝްރަފް (35އ) އާއި، ޕެރިސް/ގދ. ވާދޫ، ލުހާން ސަޢީދު (41އ) އާއި، ސިލްވަސްޓަރ/ވ. ރަކީދޫ، ނާފިޢު ރަޝީދު (39އ) އާއި، ހ. ފިނިކުރި/މާލެ، އިބްރާހީމް ޝިނާން އަޙްމަދު (33އ) އެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައިފާސްކުރުމަށް ފަހުގައި ކަމަށެވެ. އެގޮތުން، ފުލުހުން ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ތުހުމަތުކުރެވޭ އެއްޗެއް ހުރި ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ. ހަމަ އެހެންމެ، ހައްޔަރުކުރި މީހުންގެ ކުޑަކަމުދާތަކެތީގެ ވަޤުތީ ނަތީޖާ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މީގެ އިތުރުން ފުލުހުން ވިދާޅުވީ، މި މައްސަލައިގައި 4 ކުއްޖަކަށް އަނިޔާ ލިބިފައިވާ ކަމަށެވެ. އޭގެ  ތެރޭގައި ހިމެނެނީ، 17 އަހަރުގެ 2 އަންހެން ކުދިންނާއި، 16 އަހަރާއި 17 އަހަރުގެ 2 ފިރިހެން ކުދިންކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 3 ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުޤީގު ކުރަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން